ޗިކަންގުންޏާ ޖެހިގެން ކުޑަ ދެ ކުއްޖަކު ސީރިއަސް ހާލަތަށް ގޮސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އެބަދެ އެވެ.
އައިޖީއެމްއެޗުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަދިރި ހަފައިގެން ޗިކުންގުންޔާ ޖެހުނު ދެ ކުއްޖެއްގެ ސިކުނޑި އިންފެކްޓްވެ ފަރުދާ ދެމުން އަންނަ ކަމަށެވެ.
We are treating 2 children whose brain infected with #chikungunya due to #mosquito bites.
— Ahmed Faisal (@Faisalnaifaru) May 18, 2019
Keep them in your prayers and get rid of mosquitoe breeding sites
ޗިކަންގުންޏާ އަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔަކެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް ޗިކުންގުންޔާގެ 846 ކޭސް އެއިދާރާއަށް ރިޕޯޓްކޮށްފައި ވެއެވެ.
މަދިރިން ޖެހޭ އެކި ބަލިތަކުން ރައްކާތެރި ވުމަށްޓަކައި މަދިރި އުފެދޭ ތަންތަން ނައްތާލުމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަމަށްޓަކައި ކަމާބެހޭ އިދާރާތަކުން ހާއްސަ ކެމްޕެއިންތައްވެސް ކުރަމުން ދެއެވެ.