ލ. މާވަށު ފަޅު ތެރޭގައި އޮތް އޭޑީކޭ އުލާނީ ލާންޑިން ކުރާފްޓް ތެރޭގައި ބ. އޭދަފުށީ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
އެ ކޮޅުވެއްޓީގައި މަސައްކަތް ކުރަމުންދާ މާވަށު މީހަކާއި ހަވާލާދީ އޮންލައިން ނޫސްތަކުގައި ލިޔެފައިވަނީ، ނިޔާވެފައި އޮއްވާ ފެނުނީ އެ ކޮޅުވެއްޓީގެ ކެޕްޓަން އޭދަފުށީ ގުލިސްތާނުގޭ އަހްމަދު ނަސީމު ކަމަށެވެ.
ކެޕްޓަން ނިޔާވެފައިވާ ކަން އެނގުނީ ރޭ 3:00 ޖެހި ހާއިރު އޭނާއަށް ހާރުކާން ގޮވުމުން ހޭނުލައިގެން ގޮސް ބެލުމުން ކަމަށެވެ. އަދި އެ ކޮޅުވެއްޓިއަކީ ރޭ 3:00 ޖެހިހާއިރު ހާރު ކައިގެން ފުރަން ތައްޔާރުވެފައި އޮތް ކޮޅުވެއްޓިއެއްކަމަށްވެސް އޭނާ ބުނެފައިވެ އެވެ.
އޭނާގެ ހަށިގަނޑު މިހާރު ވަނީ މާވަށު ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.



