މިދިޔަ ހަފްތާ ތެރޭގައި މާލޭގައި 54 އެކްސިޑެންޓް ހިނގައިފައި ވާކަމަށް ޓުރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން މިއަދު އާންމުކުރި މި މައުލޫމާތު ތަކުން އިނގޭ ގޮތުގައި މިމަހު 11 އިން 17 އަށް 54 އެކްސިޑެންޓް ހިނގި އިރު، އޭގެ ތެރެއިން 20 އެކްސިޑެންޓެއްގައި މީހުންނަށް އަނިޔާވެފައިވެ އެވެ.
މީގެ އިތުރުން ލައިސެންސް ނެތި ދުއްވުމުގެ 89 މައްސަލައަކާ، ވެހިކަލް ދުއްވަން ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރު ސްޕީޑެއްގައި ދުއްވައިގެން 13 މައްސަލައަކާ، 18 އަހަރު ނުފުރޭ ކުދިން އެއްގަމު އުޅަނދު ދުއްވި ދެ މައްސަލައަކާ، އަދި ވަންވޭގެ ގަވާއިދާއި ޓުރެފިކް ލައިޓުގެ ގަވާއިދާ ހިލާފުވި 11 މައްސަލައެއް މި ތަފާސް ހިސާބުގައި ފާހަގަ ކޮށްފައި ވެއެވެ.
TRAFFIC MANAGEMENT DEPARTMENT - Weekly Statistics (11th May to 17th May 2019).@TransportMV @MaleCitymv pic.twitter.com/Z6OEyFtpEx
— Maldives Police (@PoliceMv) May 19, 2019
މި މުއްދަތުގެ ތެރޭގައި 502 ވެހިކަލެއް ޗެކު ކޮށްފައި ވެއެވެ.



