ފެށުން ބަދިގެތެރޭން މިފަހަރު މިގެނެސްދެނީ ޗޮކްލެޓް ފަޖް ޕުޑިންގ ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާ ތަކެތި:
- 50 ގްރާމް ބަޓަރ
- 75 ގްރާމް ބްރައުން ޝުގަރ
- 2 ބިސް
- 350މލ ކިރު
- 2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ
- 50 ގްރާމް ވޯލްނަޓް
- 50 ގްރާމް ފުށް
ތައްޔާރު ކުރާނެ ގޮތް:
ބަޓަރާއި ހަކުރު ކްރީމް ވަންދެން ގިރުވާލާށެވެ. ރީތިކޮށް ކްރީމް ވުމުން އޭގެތެރެއަށް ގިރާފައިހުރި ބިސް، ފުށް އަދި ކޮކޯޕައުޑަރ ފުރާނާލުމަށްފަހު އަޅާށެވެ. ދެން މަޑުމަޑުން ކިރު ފޮދު އަޅަމުން، އެއްކުރަމުން ގެންދާށެވެ. ހުރިހާ އެއްޗެއް ގިރުވުމުން ވޯލްނަޓް އަޅާ އެއްކޮށްލާށެވެ.
ދެން ޓްރޭގައި ބަޓަރ ކޮޅެއް އުނގުޅާލާފައި ގިރުވާފައިހުރިބައި އަޅާށެވެ. އަދި 180 ޑިގްރީގައި 10 މިނެޓް ވަންދެން އަވަން ޕްރީ ހީޓް ކުރުމަށްފަހު، ޓްރޭއަވަނަށްލައި 40 މިނެޓް ފިހެލުމުން ތައްޔާރުވީއެވެ. ދެން ރީތިކޮށްލުމަށް ކޮކޯ ޕައުޑަރ ނުވަތަ އައިސިން ޝުގާ މައްޗަށް ބުރުވާލާށެވެ. އަދި ހޫނުކޮށް ހުއްޓާ ސާވްކޮށްލާށެވެ.
މިހާރު މިވަނީ ޗޮކްލެޓް ފަޖް ޕުޑިންގ ތައްޔާރުކޮށް ނިމިފައެވެ.