ޗާންދަނީ ޖަންކްޝަންއަށް ސަރުކާރާއި އިދިކޮޅު ފަރާތްތައް އެއްވާން ފަށައިފިއެވެ.
މިރޭ އެސަރަޙައްދުގައި މިނިވަން އިޖުތިޙާދުގެ ނަމުގައި އިދިކޮޅުން އެއްވުމަށް ބާއްވާގޮތަށްވަނީ ނިންމާފައެވެ. ނަމަވެސް އެއްވުން ފެށުމުގެ ކުރިން ފުލުހުން އެސަރަޙައްދުގައި ފޯރިމަރަން ފަށާފައިވެއެވެ.
އެއްވުމުގައި ބައިވެރިފައިވާ އިސް މީހުންގެ ތެރޭގައި ޤާސިމް، ޝީޔާމް އަދި ހީނާގެ އިތުރުން ފެނަކަ ނިމާލްއާއި ކުރީގެ އީސީގެ މެންބަރު ޝަކީލުވެސް ހިމެނެއެވެ.

އެއްވުމުގެ ބައިވެރިންނަށް ފުލުހުން ހުރަސް އެޅުމުން ބައިވެރިންދަނީ ޗާންދަނީ ޖަންކްޝަން ވަށައިގެން އިށީންނަމުންނެވެ. އެސަރަޙައްދުގެ ޓްރެފިކްވެސްވަނީ ޖޭމްވެފައެވެ.
Mirey fuluhunge enme is vaajibakah vee noosverin fassaalun. pic.twitter.com/zoBpQtiu5g
— Ali Wisam (@wii_saam) July 26, 2020
އެއްވުމުގެ ބައިވެރިން ތަފާތު ޝުޢޫރުތައް އެކުލެވޭ ބޯޑުތައްދަނީ ބޭނުންކުރަމުންނެވެ. މިނިވަންކަން ހިމާޔަތްކުރުމަށާއި، އަނިޔާވެރިކަން ހުއްޓާލުމަށް އެއްވުމުގެ ބައިވެރިންދަނީ ގޮވަމުންނެވެ.

އެއްވުމުގެ ބައިވެރިން ކޮޅަށް ތެދުވެއްޖެއެވެ. އަދި ބައެއް ބައިވެރިން މިހާރުވެސް އެސަރަޙައްދުގައި އިށީންދެ އެބަތިއްބެވެ. ސަރަޙައްދު ދޫކޮށް ދިއުމަށް ފުލުހުންދަނީ ބައިވެރިންގެ ކިބައިން އެދެމުންނެވެ.

އެއްވުމުގެ ބައިވެރިން ތަކުރާރުކޮށް ގޮވަމުންދަނީ އިންސާފު ޤާއިމުކުރުމަށާއި، ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ އިސްތިއުފާއަށް ގޮވަމުންނެވެ.
ފުލުހުން ތަކުރާރުކޮށް ނޫސްވެރިންނަށް ހުރަސް އަޅަމުންދާކަން ފާހަގަކޮށްލެވެއެވެ.
"މިނިވަންކަމުން އަޅުވެރިކަމަށް ދާނަންހޭ. ނުދާނަމޭ." އެއްވުމުގެ ބައިވެރިން.
މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެއްވުމުގެ ގިނަ ބައިވެރިންތަކެއް މިހާރުވަނީ ފަހަތަށް ޖައްސާފައެވެ. ބައިވެރިން އެކި ސަރަޙައްދުތަކަށް ބެހިފައިވާއިރު، ޗާންދަނީ ޖަންކުޝަން މިހާރު އޮތީ ހުސްކޮށެވެ.



