ސްޓްރޯކެއް ޖެހިގެން ނިޔާވި ކޯޕްރަލް ސިމްރާހް އަލީ - ފޮޓޯ: މީސް މީޑިއާ

ސްޓްރޯކެއްޖެހިގެން ފުލުހަކު ނިޔާވެއްޖެ

ސްޓްރޯކެއްޖެހިގެން ފަރުވާދެމުން ދަނިކޮށް ފުލުހަކު ނިޔާވެއްޖެއއެވެ.

ފުލުހުންގެ ތަރުޖަމާނު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިޔާޒާހިރު ވިދާޅުވީ ނިޔާވީ ކޯޕްރަލް ސިމްރާޙް ޢަލީ ކަމަށެވެ

ސިމްރާޙްއަށް ސްޓްރޯކް ޖެހުނީ މިދިޔަ ހޯމަދުވަހު ހދ.ކުޅުދުއްފުށީގައި ހުއްޓައެވެ. އަދި ސިމްރާޙް މިއަދު ނިޔާވިއިރު އޭނާ އިތުރު ފަރުވާއަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލްގައި ދިޔައީ ފަރުވާ ދެމުންނެވެ.

އުމުރުން 31 އަހަރުގެ ސިމްރާޙް މަރުވިއިރު އޭނާގެ އަތްބަކުވެސް ހުރެއެވެ.

ސިމްރާޙް ނިޔާވީ މިއަދު އިރުއޮއްސުނުތަނާ ކަމަށް އިޒްމިއާ ވިދާޅުވިއެވެ. މަޢުލޫމާތު ލިބޭގޮތުގައި ސިމްރާޙްއަކީ ހދ.ކުޅުދުއްފުޓަށް ނިސްބަތްވާ އެރަށު ދިލާވަރުގެ މީހެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ