އީރާނުން ހަނގުރާމަ ކުރަން ބޭނުން ވާނަމަ އެވެގެންދާނީ ރަސްމީ ގޮތުން އިރާނުގެ ނިމުން ކަމުގައި ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް ޓުވީޓު ކުރައްވައިފި އެވެ.
އިއްޔި ޓުރަމްޕް މިގޮތަށް ޓުރަމްޕް ޓުވީޓު ކުރައްވައިފައި މިވަނީ އީރާނާ ކުރިމަތިލާން ކެރޭނެ ގައުމެއް ނޯންނާނެ ކަމަށް ވިދާޅުވެ އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް ވާހަކަ ދައްކަވައިފައި ވަނިކޮށެވެ.
އެމެރިކާ އާއި އީރާނާ ދެމެދު މަސްރަހު ހޫނުވަން ފަށާފައި ވަނީ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ މިދިޔަ އަހަރު ވަކިވުމާ ގުޅިގެންނެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ 2015 ވަނަ އަހަރުގެ އެ އެއްބަސްވުމަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ. އެމެރިކާ އިން އަލުން ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.
އަދި އެމެރިކާއިންވަނީ، އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތަކާއި ބޮން އަޅާ ބޯޓުތައް ވަނީ ގަލްފަށް ފޮނުވަން ފަށައިފަ އެވެ.
ނަމަވެސް މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ދެކޭ ގޮތުގައި އެމެރިކާ އާއި އިރާނާ ދެމެދު ހަނގުރާމައެއް ފެށުން ދުރެވެ. އަދި ހަނގުރާމައެއް ފެށިއްޖެނަމަ އެމެރިކާ އަށް އީރާނު ބަލިކުރަން ފަސޭހަ ނުވާނެ ކަމަށް މިފަރާތްތަކުން ދެކެއެވެ.