ރައީސް ސާލިހު ޒުވާނުންގެ ގައުމީ މަޖިލިސް އެކުލަވާ ލައިފި

ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރަށް ލަފާދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު  "ޒުވާނުންގެ ގައުމީ މަޖިލިސް" އެއް އެކުލަވާ ލައިފިއެވެ.

ޒުވާނުންގެ ގައުމީ މަޖިލީހަކީ ޒުވާނުންގެ ކުރިއެރުމަށާއި، ޒުވާނުންނާ ގުޅޭ ސިޔާސަތުތައް ބައްޓަން ކުރުމުގައި ޒުވާނުންގެ ހިއްސާ އިތުރު ކުރުމަށާއި، ޒުވާނުންނާ ގުޅޭ ކަންތައްތަކުގައި މިނިސްޓަރަށް ލަފާއެރުވުމަށް އެކުލަވާލެވޭ މަޖިލީހެކެވެ.

މި މަޖުލީހުގައި ހިމެނެނީ، އިޢުލާން ކޮށްގެން ހޮވާ 9 މެންބަރުންނާއި އެކިއެކި މުއައްސަސާތަކުން ޢައްޔަނުކުރާ 6 މެންބަރުން ހިމެނޭ ގޮތަށް ޖުމުލަ 15 މެންބަރުންނެވެ.

އިއްޔެވަނީ މަޖިލީހުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފައެވެ.

ޒުވާނުންގެ ގައުމީ މަޖިލީހުގެ މުއްދަތަކީ އިންތިޚާބުވެފައިވާ ރިޔާސީ ދައުރުގެ މުއްދަތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް