ހުވާއީ ކުންފުނީގެ ފޯނު ތަކަށް އެންޑްރޮއިޑްގެ ބައެއް ހިދުމަތްތައް ދިނުން ހުއްޓާލަނީ

ޓެލެކޮމިއުނިކޭޝަންގެ ދާއިރާގައި ނަން މަޝްހޫރު ހުވާއީ ކުންފުނިން އަލަށް ބާޒާރަށް ނެރެން ހަމަޖެހިފައިވާ ފޯނުތަކަށް އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްގެ ބައެއް ހިދުމަތްތައް ނުލިބޭނެ ކަން ގޫގަލް އިން ހާމަކޮށްފިއެވެ.

މިގޮތުން ގޫގަލްގެ ބައެއް އެޕްލިކޭޝަންތައް ކަމަށްވާ، ޔޫޓިއުބް އަދި މެޕްސް ނުލިބުން އެކަށީގެން ވެއެވެ. ނަމަވެސް މި ބަދަލުތައް އަންނާނީ މިއަހަރުގެ ފަހުކޮޅު ގޫގަލް އިން ނެރޭ އެންޑްރޮއިޑްގެ އާ އޮޕަރޭޓިން ސިސްޓަމަށް ފަހުގައެވެ. މިގޮތުން މި އާ އޮޕަރޭޓިން ސިސްޓަމް ހުވާއީގެ އާ ފޯނުތަކަށް ނުލިބޭނެއެވެ.

މިގޮތަށް ގޫގަލް އިން ނިންމި ނަމަވެސް އޯޕަން ސޯސް ލައިސެންސެއްގެ ދަށުން ލިބެން ހުންނަ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ހުވާއީ ފޯނުތަކަށް ބޭނުން ކުރެވޭނެއެވެ.

ގޫގަލް އިން މިގޮތަށް ނިންމައިފައިވަނީ އެމެރިކާގެ ސަރުކާރުން، އެގައުމުގެ ކުންފުނިތައް ހާއްސަ ހުއްދައެއް ނެތި ހުވާއީ ކުންފުންޏާ އެކު ވިޔަފާރި ނުކުރެވޭނެ ކަމަށް ނިންމުމުން ނެވެ.

އެމެރިކާ ސަރުކާރުން ހުވާއީ ކުންފުންޏާ ދަތިކުރުމުގެ ފިޔަވަޅު އަޅަން ފަށައިފައިވަނީ ހުވާއީ ކުންފުނީގެ ޓެލެކޮމިއުނިކޭޝަން އުފެއްދުންތައް މެދުވެރިކޮށް ޗައިނާ ސަރުކާރުން ޖާސޫސްކުރާ ކަމަށް ތުހުމަތު ކޮށެވެ. މި ތުހުމަތުތައް ޗައިނާ ސަރުކާރުންނާއި އަދި ހުވާއީ ކުންފުނިން ދޮގު ކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ