ބަދިގެތެރޭން މިފަހަރު މި ގެނެސްދެނީ ފަޅޯ މިލްކްޝޭކް ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި
3 މޭޒުމަތީ ސަމުސާ ހިކިކިރު، 2 މޭޒުމަތީ ސަމުސާ ހަކުރު، ½ ޖޯޑު ގެރިކިރު، 2 ޖޯޑު އައިސްފެން، 1 ޖޯޑު އައިސްކިއުބް، 1 ޖޯޑު ފަޅޯ ( މަށާ ކޮށާފައި )، 1 ސައިސަމްސާ ސްރޯބެރީ އެސެންސް
ތައްޔާރުކުރާނެ ގޮތް
މިކްސަރަށް ފަޅޯ، ހަކުރު، ހިކިކިރު، ގެރިކިރު އައިސްކިއުބް، އެސެންސް އަދި ފެން އަޅާފައި ރަންގަޅައް ގިރާލައްވާށެވެ.