ބަދިގެ ތެރޭން - ޗިކަން މަލާއީ ކަބާބް

ބަދިގެތެރޭން މިފަހަރު މި ގެނެސްދެނީ ޗިކަން މަލާއީ ކަބާބް ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

200 ގްރާމް ބޯންލެސް ޗިކަން (ކުދިކޮށް ކޮށައިފައި)، 20 ގްރާމް ކްރީމް، 20 ގްރާމް ގްރޭޓަޑް ޕިނީރް، 1 ސަމުސާ ޗިސްކުރި ލޮނުމެދު، އިނގުރު، 5 ގްރާމް ގަރަމް މަސާލާ، 1 ސަމުސާ މުގުރި އަސޭމިރުސް، ކުޑަ ތެޔޮފޮދެއް، އަދި ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް:

އިނގުރު، ލޮނުމެދު، ގަރަމް މަސާލަ، ކްރީމް، ޕަނީރް، އަސޭމިރުސް، ލޮނު މި ތަކެތި ލައިގެން ކުކުޅު، ރަނގަޅަށް މޮޑުއްވުމަށް ފަހު ތިންގަޑި އިރު ވަންދެން ބަހައްޓަވާށެވެ.

އޭގެ ފަހުން ދެން ޓްރޭއަކަށް އަޅައި 350 ޑިގްރީގައި އަވަން ބަހައްޓަވައި ފިއްސަވާށެވެ. އަދި ކުޑަކޮށް ފިހެވެމުން ތޮޔޮ ފޮދެއް ކުކުޅުގައި އުނގުޅަން ވާނެ އެވެ. ތައްޓަކަށް އަޅުއްވާ ވެޖިޓެބަލް ސެލެޑުން ގާނިޝް ކުރައްވާށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ