މޮޅު ސްމާޓްފޯނެއް ނެތަސް ފެންވަރުގެ ސެލްފީ ނެގިދާނެ!

ދުނިޔެ މިވަނީ ތަހުޒީބު ވެފައެވެ. ދިރިއުޅުން މިވަނީ ބަދަލުވެފައެވެ. އާދައިގެ ނިކިއާއިން އައިފޯނާއި އެންޑްރޮއިޑްގެ ބޮޑެތި ފޯނުތަކަށް މިވަނީ ބަދަލުވެފައެވެ. ރީތިވާން ނުކުރާނެ ކަމެއް، މޫނުގައި ނޫނގުޅާނެ އެއްޗެއް ނެތެވެ. އަރާ އިރާއެކު މޯނިންގ ސެލްފީ ނަގާއިރު، ކާ ކޮންމެ އެއްޗަކާ އެކު ތުއިވެފަ ސެލްފީއެއް ނުނަގަނީ މަދު ކުއްޖެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

މޮޅެތި ފޯނުތަކުން ތުއިވެފަ ނަގާ ސެލްފީތައް ފަހަތަށް ޖައްސާލައި ތަފާތު މޮޅު ސެލްފީއެއް މިވަނީ ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ. މީސްމީޑިއާގައި ވައިރަލްވެފައިވާ މި ޚާއްޞަ ސެލްފީ ނަގާފައި މިވަނީ މޮޅު އައިފޯނަކުން، މޮޅު އެންޑްރޮއިޑް ފޯނަކުންވެސް ނޫނެވެ.

ދުނިޔޭގެ މަޝްހޫރުކަން ހޯދި ސެލްފީ ނަގާފައިވަނީ ހެޔޮވަރުގެ ފައިވާން ކިބައަކުންނެވެ. ފައިވާނުން ނެގި މޮޅު ސެލްފީން ފެންނަނީ ފަސް ކުއްޖެކެވެ. ސެލްފީ ނަގާ ކުއްޖާ އަތަށް ފައިވާން ކިބައެއް ހެޔޮވަރުކޮށްލައިގެން އެއާ ދިމާއަށް ހިނިތުންވެގެން ހުންނައިރު، އަނެއް ހަތަރު ކުދިން ވެސް ތިބެނީ ސެލްފީ ނަގަން ހެވިލައިގެންނެވެ.

މީސްމީޑިއާގައި މަޝްހޫރުވެފައިވާ "ފައިވާން ސެލްފީ"

އިންޑިއާގެ ފަގީރު އަވަށެއްގައި ތުއްތު ކުދިންތަކެއް ފައިވާނަކުން ނެގި  މި ސެލްފީ އިންޓަނެޓްގައި ވައިރަލްވެފައިވާއިރު، ބޮލީވުޑްގެ މަޝްހޫރު ބައެއް ފަންނާނުން ވެސް ވަނީ މި "ފައިވާން ސެލްފީ" އެ ފަންނާނުންގެ މީސްމީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފަ އެވެ. މި ސެލްފީ މީސްމީޑިއާގައި ހިއްޞާކޮށްފައިވާ ފަންނާނުންގެ ތެރޭގައި، ބޯމަން އިރާނީ އާއި ސުނިލް ޝެޓީއާއި، އަމީތާބް ބައްޗަންގެ އިތުރުން އަނޫޕަމް ކޭރް އަދި އަތުލް ކަސްބޭކަރުވެސް ހިމެނެއެވެ.

ތަފާތު މި ސެލްފީއަށް އެތަށް ބައެއްގެ ނަޒަރު ހުއްޓިފައިވާއިރު، އަމީތާބު ބުނެފައިވަނީ، އެއީ އަސްލު ފޮޓޯއެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި، އެއީ އެޑިޓްކޮށްފައިވާ ފޮޓޯއެއް ކަމަށެވެ.

އަމީތާބު މިމޭރުމުން ވާހަކަ ދެއްކި ނަމަވެސް، ފައިވާން ސެލްފީ މީސްމީޑިއާގައި ހިއްޞާކުރި ގިނަ ބަޔަކު ބުނަމުންދަނީ އެއީ އެޑިޓް ކޮށްފައިވާ ފޮޓޯއެއްކަމަށް ޤަބޫލުކުނުކުރެވޭ ކަމަށެވެ.

ފައިވާން ސެލްފީއާއެކު އަތުލް ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ސެލްފީ ނަގާފައިވަނީ ކޮން ތަނެއްގައި ދިރިއުޅޭ، ކުދިންނެއްތޯ އަދި އެ ފޮޓޯ ނެގި މީހަކީ ކާކުކަން ހިއްސާކޮށްފިނަމަ، އޭނާގެ ފަރާތުން އެ ކުދިންނަށް އެހީއެއް ދީފާނެ ކަމަށެވެ.

ކޮންމެއަކަސް މޮޅު ސްމާޓް ފޯނަކުން ނޫނަސް، "ފައިވާނުން" ނަގާފައިވާ ސެލްފީއަށް އެތައް ހާސް ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، މީސްމީޑިއާގައި ދައުރުވާ ކޮންމެ ފޮޓޯއަކީ ޞައްޙަ ފޮޓޯއަކަށްވެސް ނުވެދާނެއެވެ. ދުނިޔެއާއި މީހުން ކުރިއަރާފައިވާ މިންވަރަށް ބަލާއިރު ފޮޓޯ އެޑިޓް ކުރުމަކީ ފެންތައްޓެއް ބޯލުންހާ ފަސޭހަ ކަމެކެވެ.



މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ