ބަދިގެތެރޭން - ޕާން ބޯކިބާ

ފެށުން "ބަދިގެތެރޭން" މިފަހަރު މިގެނެސްދެނީ ޕާން ބޯކިބާ ތައްޔާރުކުރާނެގޮތެވެ.

ބޭނުންވާތަކެތު:

  • 1 ޕާން (ކުދިކޮން ކޮށާފާއި)
  • 2 ޖޯޑު ފެން
  • 40ގ ހިކި މޭބިސްކަދުރު (ކޮށާފައި)
  • 4 ބިސް
  • 1 ދަޅު ގެރިކިރު
  • 1/2 ޖޯޑު ހަކުރު
  • 1/3 މޭޒުމަތީސަމުސާ ވެނީލާ އެސެންސް
  • މާޖިރީން

ތައްޔާރުކުރާނެގޮތް:

ފުރަތަމަ ބޮޑު ތައްޓެއްގެ ތެރެއަށް ޕާން އަދި ފެން އެޅުމައްފަހު ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު ބިހާއި، ހަކުރާއި، ކިރު، އަދި އެސެންސް އަޅާ ރަނގަޅަށް ގިރާލާށެވެ. ރަނގަޅަށް އެއްވުމުން ކޮށާފައިހުރި މޭބިސްކަދުކުރު އަޅާ އެއްކޮށްލާށެވެ. ދެން އެއަށްފަހު، މާޖިރީން ހާކައިފައި ހުރި ތަބަކަށް އަޅައިފައި، ކަރަންޓު އަވަން 250 ޑިގްރީއަށް ލައިފައި، 10 މިނެއްޓު ވަންދެން ހޫނުކޮށްފައި، އޭގެ ތެރެއަށް ތަބަށް ލާ ފިހެލާށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް