އޮޑިޓް ރިޕޯޓް ހުށަނާޅައިގެން އަދާލަތު ޕާޓީ އާއި ޑީއާރުޕީ ޖޫރިމަނާ ކުރުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.
މިގޮތުން މީގެން ކޮންމެ ޕާޓީއެއް 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް އީސީ އިން ނިންމައިފައި ވެއެވެ. އޮޑިޓް ރިޕޯޓް ހުށަހެޅުމަށް ގާނޫނުގައި ބުނާ މުއްދަތު ހަމަވީ، މި މަހުގެ ނުވަ ވަނަ ދުވަހަށެވެ.
Siyasee partyge gaanoonugai audit report hushalhan onna muhdhathugai, audit report hushahalhaafai nuvaathee, Adhaalath Party adhi Dhivehi rayyithunge Party 50,000/- rufiya in joorimanaa kurumah nimmaifi
— Elections Commission (@ElectionsMv) May 20, 2019
އާދާލަތު ޕާޓީ އާއި ޑީއާރުޕީ ފިޔަވައި އެހެން ޕާޓީތަކުންވަނީ އޮޑިޓް ރިޕޯޓް ހުށަހަޅައިފައެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބުގައި ވާދަކޮށް އަދާލަތު އަދި ޑީއާރުޕީ އަށްވަނީ ވަރަށް ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތިލާން ޖެހިފައެވެ. މިގޮތުން މި ދެޕާޓީން ވާދަކޮށް މަޖިލީހުގެ އެއްގޮނޑިވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.