މައްކާއާއި ޖިއްދާއަށް މިސައިލް ހަމަލާތަކެއް ދޭން މަސައްކަތް ކޮށްފި

ސައުދީ އަރަބިއްޔާގެ މައްކާއާއި ޖިއްދާއަށް މިސައިލް ހަމަލާތަކެއް ދޭން މަސައްކަތް ކޮށްފިއެވެ.

ހޫތީގެ ދެ ބެލިސްޓިކް މިސައިލެއް ހުއްޓުވާފައިވާ ކަމަށް ސައުދި އަރަބިއްޔާގެ ވައިގެ އަސްކަރިއްޔާއިން ބުނެފައިވާއިރު، އެއް މިސައިލް ވައްޓާލާފައިވަނީ މައްކާއާއި 50 ކިލޯމީޓަރު ދުރުންކަމަށް އަލް އަރަބިޔާ ނޫސް ޗެނެލްއިން ހާމަކޮށްފައިވެއެވެ.

އަރަބިޔާގެ ރިޕޯޓުގައި ވާގޮތުން އެތަނުން އެއް މިސައިލް ހުއްޓުވާފައިވަނީ ތޯއިފު މަތިންނެވެ. އަދި އަނެއް މިސައިލް ހުއްޓުވާފައިވަނީ ޖިއްދާގެ ރެޑްސީ ޕޯޓް މަތިންނެވެ.

މަންޒަރު ދުތް ފަރާތްތަކުން ބުނެފައި ވަނީ އެކަތީގެ އަމާޒު ހުރީ މައްކާއަށް ކަމަށެވެ. އަދި އަނެކަތީގެ އަމާޒުހުރީ ޖިއްދާއަށް ކަމަށެވެ. އެ މިސައިލްތައް ގޮއްވާލާފައި ވަނީ ތޯއިފާ ދިމާއިންނެވެ.

މިހަމަލާތަކާ ގުޅޭ ރަސްމީ ބަޔާނެއް ސަޢުދީން އަދި ނުނެރެއެވެ.

މިހަމަލާތަކުގެ ޒިންމާ ހޫތީން ނަގާފައެއް ނުވެއެވެ.

މިހަމަލާތަކާ ގުޅިގެން ގިނަ އަދަދެއްގެ މުސްލިމުން މިހަމަލާތަކުގެ ފަހަތުގައި އިރާނު ސަރުކާރުވާނެކަމަށްބުނެ މީސް މީޑިއާގައި ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ހޭޝްޓެގެއްގެ ގޮތުގައި ހޫތީން ހަމަލާދިންކަމަށް ބޭނުންކޮށްފައިވެއެވެ.

މިދުވަސްވަރަކީ ރަމަޟާންމަހުގެ އަޅުކަން އަދާކުރުމަށާއި އުމްރާވުމަށް ގިނަ އަދަދެއްގެ މުސްލިމުން މައްކާއަށް ޖަމާވަމުންދާ ދުވަސްވަރެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ