ކްރޫސް ރެއަލްމެޑްރިޑާއިއެކު ހަދާފައިވާ އެއްބަސްވުން 2023 އާއި ހަމައަށް އިތުރުކޮށްފިއެވެ.
ރެއަލްމެޑްރިޑާއެކު މިހާރު ހަދާފައިވާ އެއްބަސްވުމަށް އިތުރު އެއްއަހަރު އިތުރުކޮށްފައިވާކަން ރެއަލްމެޑްރިޑުންވަނީ ކަށަވަރުކޮށްދީފައެވެ.
ޖަރުމަން ޤައުމި ޓީމަށް ކުޅެމުން އަންނަ ޓޯނީ ކްރޫސް މިއާ އެއްބަސްވުމާއެކު އޭނާގެ އުމުރުން 33 އަހަރު ހަމަވަންދެން ރެއަލްމެޑްރިޑްގައި ހޭދަކުރާނެއެވެ.
2013 ވަނަ އަހަރު ބަޔާންއިން ހޯދި ތާރީޚީ ކާމިޔާބީގައި ކްރޫސްގެ ބޮޑު ޙިއްސާއެއްވުއެވެ.އެއަހަރު ބަޔާންވަނީ ބުންޑެސްލީގާ، ޗެމްޕިއަންސްލީގު އަދި ޖަރުމަން ކަޕްވެސް ވާމިޔާބުކޮށްފައެވެ. މިކާމިޔާބީއަށްފަހު ބަޔާން މިއުނިކް ދޫކޮށް ރެއަލްމެޑްރިޑާއި ކްރޫސް ގުޅުނީ 2014 ވަނަ އަހަރުއެވެ.
ރެއަލްމެޑްރިޑްގައި މެދުތެރެއިން މުހިންމު ކުޅުމެއް ދައްކަމުން އަންނަ ކްރޫސްއަކީ ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ރެއަލްމެޑްރިޑް ޓީމުގެވެސް މުހިންމު ކުޅުންތެރިއެކެވެ.

މިސީޒަނުގައި ކްރޫސްގެ ފަރާތުން މާތަފާތު ކުޅުމެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ކުރިއަށް ދެތިން އަހަރަށް ރެއަލްމެޑްރިޑުން ޖާގައެއް މިއެއްބަސްވުމާއެކު މިވަނީ ކަށަވަރުވެފައެވެ.
މިއާއެއްބަސްވުމާއެކު ކުރިއަށް އޮތް ސީޒަނުގައި ޒިދާންގެ ޓީމުން ކްރޫސްއަށް ފުރުޞަތު އޮތްކަންމިވަނީ ކަށަވަރުވެފައެވެ. އަންނަ ސީޒަނަށް ރެއަލްމެޑްރިޑަށް ބޮޑެތި ބަދަލުތަކެއް ގެނެވޭނެކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު ރެއަލްމެޑްރިޑް މިސީޒަން ނިންމާލަންޖެހިފައިވަނީ ހުސްއަތާއެވެ.
ބޭލް އަދި މޮޑްރިޗަށް ޒިދާންގެ ޓީމުގައި ފުރުޞަތު ނެތްކަމަށް ރިޕޯޓްތައް ބުނަމުންދެއެވެ. އަދި އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި މިދެކުޅުންތެރިން ވިއްކާލާނެ ކަމުގެ އަޑުތައްވެސް މިހާރުވަނީ ފެތުރެން ފަށާފައެވެ.