އެމްޓީސީސީގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ 2 ޑިރެކްޓަރުންގެ މަޤާމަށް ނަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް އިޢުލާންކޮށްފިއެވެ.
މިގޮތުން އެމްޓީސީސީގެ ބޯޑަށް ނަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަަރުތު ހަމަވާކަމަށް އެމްޓީސީސީގެ ބޯޑުން ނިންމައިފަައިވަަނީ ހަތަރު ފަރާތެކެވެ. އެބޭފުޅުންނަކީ، އާއިޝަތު ހުސައިން މަނިކު - ހ. ރީނދޫކޮކާ، ފަތުހުﷲ އިސްމާއިލް - ހއ.ކެލޭ ފިރޯޒުގެ، އަހުމަދު އަބޫބަކުރު - ދަފްތަރު ނަމްބަރު 69895، އަދި ނާޝިމާ އަބްދުއްލަތީފް - ލައިޓްޝެޑޯރ، ކ.މާލެއެވެ.
އެމްޓީސީސީގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލުކުރާ 2 ޑިރެކްޓަރުންގެ މަޤާމަށް މިފަރާތްތަކުގެ ތެރެއިން ދެ ބޭފުޅަކު އިންތިޚާބުކުރުން އޮންނާނީ އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައެވެ.
އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާ ދަށްވުމުގެ ސަބަބުން ވިޔަފާރީގެ ފައިދާއިން ހިއްސާދާރުންނަށް ފައިދާ ނުބެހުމަށް ކުންފުންނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައެވެ.
އެމްޓީސީސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބފައިވަނީ، ގާތްގަނޑަކަށް 34 މިލިއަން ރުފިޔާއެވެ.



