ވަގަށް ނަގާފައިވާކަމަށް ބެލެވޭ ދެ ބަސްތާ ކާށި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާތީ އެތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނީ މި ދެ ބަސްތާ ކާށީގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ކާށި ބަސްތާ ތަކާއި ހަވާލުވެލެއްވުން އެދޭކަމަށެވެ.
ދެ ބަސްތާ ކާށި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތާރީހަކާއި ގެނެވުނު ތަނެއްގެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ.
މާލޭ ލޯކަލް މާރުކޭޓުގައި ކާޓެއްގެ އަގު މިވަގުތު އުޅެނީ 3ރ އާއި 12ރ ދެމެދުގައެވެ.