ފިނޭންސް މިނިސްޓްރީ އިން ހަފްތާއަކު އެއްފަހަރު އާންމު ކުރާ ހަރަދާއި އާމްދަނީގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި ސޮވަރިން ޑިވަލޮޕްމަންޓް ފަންޑްގައި ހުރި ފައިސާގެ އަދަދު، 1.13 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.
ސޮވަރިން ޑިވަލޮޕްމަންޓް ފަންޑަކީ ސަރުކާރުން ނަގާ ލޯނުތައް ދެއްކުމަށް ފަސޭހަ ކުރުމުގެ ގޮތުން އުފައްދާފައިވާ 2016 ވަނަ އަހަރު އުފައްދައި އެމްއެމްއޭ އިން ބަލަހައްޓަމުންދާ ފަންޑެކެވެ.
ސަރުކާރުން މި އަހަރު ހުށަހެޅި ބަޖެޓްގައި ލަފާކޮށްފައި އޮތީ އެ ފަންޑަށް 1.1 ބިލިއަން ރުފިޔާ މި އަހަރު ނިމޭއިރު ޖަމާކުރެވޭނެ ކަމަށެވެ. މި އަހަރު ފެށުނުއިރު ސޮވަރިން ޑިވަލޮޕްމަންޓް ފަންޑްގައި ހުރީ، 667.8 މިލިއަން ރުފިޔާ އެވެ.
ސޮވަރިން ޑިވަލޮޕްމަންޓް ފަންޑަށް ޖަމާކުރަނީ، އެއާޕޯޓް ޑިވަލޮޕްމަންޓް ފީގެ ގޮތުގައި ލިބޭ ފައިސާ އަދި އެމްއޭސީއެލް އިން ލިބޭ ޑިވިޑެންޑެވެ.