ހޯމް ކަރަންޓީނުގައި ހުއްޓާ ނިޔާވި މީހާ ކޮވިޑަށް ނެގެޓިވް

ހޯމް ކަރަންޓީނުގައި ހުއްޓާ މިއަދު ނިޔާވި މީހާގެ ސާމްޕަލް ކޮވިޑަށް ނެގެޓިވް ވެއްޖެއެވެ.

ރ. މީދޫ ގައި މިއަދު ނިޔާވި އެރަށުނޫރާނީގެ އައިމިނަތު ހުސައިންގެ ހަށިގަނޑު މިއަދު ހަވީރު ވަނީ ވަޅުލާފައެވެ. މައްޔިތާ ވަޅުލާފައިމިވަނީ ކޮވިޑަށް ހެދި ޓެސްޓްގެ ނަތީޖާ ނެގެޓިވްތޯ ބެލުމަށްފަހު ނަތީޖާ ނެގެޓިވް ވުމުންނެވެ.

މިމީހާ ނިޔާވީ ރ. މީދޫސިއްހީ މަރުކަޒުގައި ކަރަންޓީނުގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނުއެވެ.

ރ. މީދޫ ކައުންސިލްގެ ރައީސް ޙުސައިން އަފީފު މި ނޫހަށް ވިދާޅުވެފައިވަނީ ނިޔާވެފައިވަނީ އުމުރުން 72 އަހަރުގެ އަންހެނެއް ކަމަށާއި އެމީހާ އަކީ ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް އިންޑިއާ އަށް ދިއުމަށްފަހު މި މަހުގެ 8 ވަނަ ދުވަހު އައިސްފައިވާ މީހެއް ކަމަށެވެ.

އިންޑިއާއިން ރާއްޖެ އައިސްފައިވަނީ އިންޑިއާއިން އިތުރަށް ފަރުވާ ދެވެން ނެތުމުން ކަމަށާއި އިންޑިއާއިން ރާއްޖެ އަންނަމުން ކޮވިޑް-19 އަށް ޓެސްޓް ކުރުމުން އޭގެ ނަތީޖާ ނެގެޓިވް ކަމަށް ޙުސައިން އަފީފް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ