ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެވެން ނެތިގެން މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް މަރުވި ތުއްތު ކުއްޖާގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ މިމައްސަލަ ބަލަނީ އެއްވެސް ފަރާތަކުން ހުށައަޅައިގެން ނޫންކަމަށެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެވެން ނެތިގެން މާލެ ގެނެސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ އުމުރުން އެއްދުވަސްވެފައިވާ މަރަދޫ ފޭދޫއަށް ނިސްބަތްވާ އަންހެން ކުއްޖެކެވެ.
އައިޖީއެމްއެޗް އިން ބުނެފައިވަނީ ތުއްތު ކުއްޖާ އައިޖީއެމްއެޗް އަށް ގެނެސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 10:00 ގައި ކަމަށެވެ. އަދި މަރުވެފައިވަނީ އެރޭ 11:25 ގައި ކަމަށެވެ.
ހިޔާލު
Ehves hospital akun zimmaadhaaru eh nunagaane.
ކޮމެންޓް ކުރުން ބަންދު