ފެށުން "ބަދިގެތެރޭން" މިފަހަރު މިގެނެސްދެނީ އޯރިއޯ ޕުޑިން ޑެޒަޓް ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާތަކެތި:
- 1 ޕެކެޓް އޯރިއޯ ( ކްރީމް ނަގާފައި)
- 2 މސ ބަޓަރު ( ހޫނުކޮށްފައި)
- 1 ޖޯޑު ވިޕިން ކްރީމް
- ¼ ޖޯޑު އައިސިން ޝުގަރ
- ½ މސ ވެނީލާ އެސެންސް
- ¼ ދަޅު ގެރިކިރު
ތައްޔާރުކުރާނެގޮތް:
އޯރިއޯ ބިސްކޯދުން ކްރީމްތައް ނެގުމަށްފަހު މިކްސްޗަރުން ފުނޑުކޮށްލާށެވެ. އޯރިއޯ ބިސްކޯދު ފުނޑުތައް ތައްޓަކަށް އެޅުމަށްފަހު އޭގެތެރެއަށް ބަޓަރު އަޅާ ސަމުސަލަކުން ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ޓްރޭއަށް އެއްކުރެވުނު ބިސްކޯދު ފުނޑުތައް އެޅުމަށްފަހު ޓްރޭގައި އެއްވަރަށް ފަތުރާލާށެވެ. އަދި 15 މިނެޓް ވަންދެން ފްރިޑްޖްގައި ބައިންދާށެވެ. ދެން ވަކިން ތައްޓަކަށް ވިޕިން ކްރީމް އެޅުމަށްފަހު ކްރީމްތައް މިކްސްޗަރުން ގިރާލާށެވެ. ދެން އޭގެތެރެއަށް ވެނީލާ އެސެންސާއި، ގެރިކިރާއި، އައިސިން ޝުގަރ އަދި އޯރިއޯ ބިސްކޯދުން ނެގި ކްރީމްތައް އަޅާ އަނެއްކާވެސް ރަނގަޅަށް އެއްކޮށްލާށެވެ. އަދި ދެތިން އޯރިއޯ ބިސްކޯދު ހަތަރު ފަޅިއަށް ބުރިކޮށްލުމަށްފަހު އޭގެތެރެއަށް އަޅާ ސަމުސަލަކުން އެއްކޮށްލާށެވެ. އެއަށްފަހު 15 މިނެޓް ވުމުން ޓްރޭ ފްރިޖްއިން ނަގާ އޭގެ މައްޗަށް އެއްކުރެވުނު މިކްސްޗަރ އަޅާ ރަނގަޅަށް ފަތުރާލާށެވެ. އަދި އޭގެ މައްޗަށް އަނެއްކާވެސް ފުނޑުކުރި އޯރިއޯ ބިސްކޯދު އަޅާލާށެވެ. އަދި އޯރިއޯ ބިސްކޯދުވެސް އަތުރާލުމަށްފަހު 2 ގަޑި އިރު ނުވަތަ 3 ގަޑިއިރުވަންދެން ފްރިޖްގައި ބައިންދާށެވެ.





ހިޔާލު
”ބިސްކޯދު ފުނޑުތައް“ aa dhivehi baheh