ފެށުން "ބަދިގެތެރޭން" މިފަހަރު މިގެނެސްދެނީ ޗިކަން ބޯލްސް ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާތަކެތި:
- 100ގ ކުކުޅު ( ބޯންލެސް)
- ކޮރިއަންޑަރ ފަތް
- 2 ތޮޅި މިރުސް
- ½ މސ އިނގުރު ( ގާނާފައި)
- ½ މސ ލޮނުމެދު ( ގާނާފައި)
- ½ މސ ސޯޔާ ސޯސް
- 1 މސ ޓޮމާޓޯ ސޯސް
- ¼ މސ ލޮނު
- 2 ޕާން (ކައިރިމަތި ކަފާފައި)
ތައްޔާރުކުރާނެގޮތް:
ފުރަތަމަ ކުކުޅު ކޮޅު ކުދިކޮށް ކޮށާލާ މިކްސްޗަރަށް އަޅާށެވެ. ދެން އޭގެތެރެއަށް، ކޮރިއަންޑަރ ފަތާއި، މިރުހާއި، އިނގުރާއި، ލޮނުމެދާއި، ލޮނާއި، ސޯޔާ ސޯސް އަދި ޓޮމާޓޯ ސޯސް އެޅުމަށްފަހު މިކްސްޗަރުން ރަނގަޅަށް އެއްވަންދެން ގިރާލާށެވެ. އެއަށްފަހު ޕާން ފެންތައްޓަކަށް ލުމަށްފަހު ރަނގަޅަށް ފޯކޮށްލާށެވެ. އަދި ޕާން ފެންތަށިން ނެގުމަށްފަހު އަތުން ރަނގަޅަށް ފެންތައް ފެލާލާށެވެ. އަދި އެއްވެފައިހުރި މިކްސްގެ ތެރެއަށް އެޅުމަށްފަހު ސަމުސަލަކުން ރަނގަޅަށްއެއްކޮށްލާށެވެ. ދެން އަތުގައި ކުޑަ ތެޔޮ ފޮދެއް ހޭކުމަށްފަހު އޭގެން، އަތުން ގުޅަ ވަށާށެވެ. ދެން އެއަށްފަހު ތެލުލާށެވެ. އަދި ތެލުލެވުމުން ޗިކަން ބޯލްސްތައް އިލޮށްޓަކަށް އަމުނާލާށެވެ.