ނޭމާ - ފޮޓޯ: ފުޓްބޯލް ނިއުސް

މުހިންމު ދެކުޅުންތެރިން ނުހިމަނައި، ކޮޕާ އެމެރިކާގައި ތަމްޞީލްކުރާ ބްރެޒިލްގެ ޤައުމީޓީމު އިޢުލާންކޮށްފި

މިއަހަރު ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާގައި ބްރެޒިލް ތަމްޞީލުކުރާ ފުޓްބޯޅަ ޓީމުގައި ހިމެނޭ 23 ކުޅުންތެރިން އިޢުލާންކޮށްފިއެވެ.

މިމުބާރާތް ބްރެޒިލްގައި ބޭއްވި ކޮންމެ ފަހަރަކުވެސް ބްރެޒިލްވަނީ މިމުބާރާތް ކާމިޔާބުކޮށްފައެވެ.

މިއަހަރުގެ މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 14ން ޖުލައި 7 ގެ ނިޔަލަށެވެ.

މުބާރާތް ފެށެން މިހާރު އެއްމަހަށްވުރެ ކުޑަތަންވެފައިވާއިރު ކޯޗު ޓިޓޭ އެކުލަވާލި ޓީމުން މޭޖާ ދެކުޅުންތެރިންނަށްވަނީ ފުރުޞަތު ގެއްލިފައެވެ. އެއީ ރެއަލްމެޑްރިޑްގެ މާސެލޯއާއި ވިނިޝިއަސްއެވެ.

މިނިމުނު ސީޒަންގައި މާސެލޯގެ ފަރާތުން މާއެދެވޭ ކުޅުމެއް ފެނިގެން ގޮސްފައިނުވާއިރު ރެއަލްމެޑްރިޑުން މާސެލޯ ވިއްކާލަން އުޅޭކަމުގެ އަޑުތަކެއްވެސްވަނީ ފެތުރިފައެވެ.

ވިނިޝިއަސްއަށް ޤައުމީ ޓީމުން ފުރުޞަތު ގެއްލުނީ މިފަހުން ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުންނެވެ.

މިދެކުޅުންތެރިން ނުހިމަނައި ބްރެޒިލްއިން އެކުލަވާލާފައިވާ ޓީމަކީވެސް ހަމަ ޤައިމުވެސް ވަރުގަދަ ޓީމެކެވެ. މިމުބާރާތް ނުވަވަނަ ފަހަރަށް ކާމިޔާބުކުރެވޭނެފަދަ ވަރުގަދަ ޓީމެކެވެ.

ބްރެޒިލް ޓީމުގައި ހިމެނޭ 23 ކުޅުންތެރިން - ފޮޓޯ: ލައިވްސޮކާޓީވީ

ގޯލްކީޕަރުން: އެލިސަން، އެޑާސަން، ކާސިއޯ

ޑިފެންޑަރުން: ދަނި އަލްވެސް، ތިއާގޯ ސިލްވާ، މިރާންޑާ، ފިލިޕޭ ލުއިސް، މާކުއިނޯސް، އެލެކްސް ސާންޑްރޯ، ފަގްނާ، އެޑާ

މިލިޓާއޯމިޑްފީލްޑަރުން: ފަނަންޑީނިއޯ، ކުޓީނިއޯ، ކަސެމިރޯ، އާތާ، ލޫކަސް، އެލަން

ފޯވާޑުން: ނޭމާ، ފިރްމީނޯ، ޖީސޫސް، ރިޗާލިސަން، އެވަޓަން، ނެރޭސް

ކޮޕާ އެމެރިކާ 2019 ފައްޓާ މެޗުގައި ބޮލީވިއާއާއި ދެކޮޅަށް ނިކުތުމުގެ ކުރިން ރަޙްމަތްތެރިކަމުގެ ދެމެޗެއް ބްރެޒިލްގެ މިޓީމު ކުޅުމަށްވަނީ ނިންމާފައެވެ. ގަތަރާއި ދެކޮޅަށް ޖޫން 5 ގައި ކުޅޭއިރު ޖޫން 9 ގައި ނިކުންނާނީ ހޮންޑޯރަސްއާއި ދެކޮޅަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ