ދިވެހި ދައުލަތް ހިންގުމުގެ ހުރިހާ ކަމެއް ތަރުތީބު ކުރެވޭނީ އިސްލާމީ ތަރަހައިގެ ތެރޭގައި ކަމަށް ރައީސް ޞޯލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިހާރު އިއްވަވަމުންދާ ރިޔާސީ ބަޔާނުގައެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި މިހާރު އިއްވަވަމުންދާ ރިޔާސީ ބަޔާނުގައެވެ.
ރައީސް ޞޯލިޙް ވިދާޅުވީ، ދިވެހި ދައުލަތް ހިންގުމުގެ ހުރިހާކަމެއް ތަރުތީބު ކުރެވެމުންދާނީ އިސްލާމްދީނުގެ ޞައްޙަ އަޤީދާގެ މަތީގައި ކަމަށެވެ.
"ދިވެހިންގެ ދީނަކީ މާތްވެގެންވާ އިސްލާމް ދީންކަން ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްކޮށްފައި އޮވޭ. ސަރުކާރުގެ ސިޔާސަތަކީވެސް އެއީ. އެހެންކަމުން ދިވެހި ދައުލަތް ހިންގުމުގެ ހުރިހާކަމެއް ތަރުތީބު ކުރެވެމުންދާނީ އިސްލާމްދީނުގެ ޞައްޙަ އަޤީދާގެ މައްޗަށް." ރައީސް ޞޯލިޙް ވިދާޅުވިއެވެ.
ދިވެހި ދައުލަތް ހިންގުމުގެ ހުރިހާ ކަމެއް ތަރުތީބު ކުރެވޭނީ އިސްލާމީ ތަރަހައިގައިކަމަށް ރައީސް ޞޯލިޙް ވިދާޅުވިއިރު، މި ސަރުކާރަށް ދީނީ ގޮތުން ވަރަށް ބޮދެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ ސަރުކާރުގެ ބޮލުގައި "ލާދީނީ" ޓެގް އަޅުވަނީ ދައްކާނެ އިތުރު ވާހަކައެއް ނެތުމުން ކަމަށެވެ.
ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ޣައިރު ދީންތަކުގެ މީހުން ރާއްޖެއަށް އެހެން ދީންތައް ތައާރަފް ކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެއެވެ. ނަމަވެސް ދިވެހިންނަކީ އިސްލާމްދީނަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ޤައުމަކަށް ވީހިނދު މި ޤައުމުން އެހެން ދީނަކަށް ފުރުޞަތު ދިނުމަކީ އެއްވެސް ދިވެއްސަކު ރުހޭނެ ކަމެއް ނޫނެވެ.
މީގެ އިތުރުން ދިވެހި ޝަރުޢީ ނިޒާމް މިހާރުން މިހާރަށް އިސްލާހް ކުރަންޖެހޭ ކަމަށްވެސް ރިޔާސީ ބަޔާނުގައި ރައީސް ޞޯލިޙް ވަނީ ވިދާޅުވެފައެވެ.