އިންތިހާބުގެ ނަތީޖާ ގަބޫލު ނުކޮށް އިންޑޮނޭޝިޔާގައި މުޒާހަރާ ކުރަނީ

މިދިޔަ މަހުގެ 17 ވަނަ ދުވަހު އިންޑޮނޭޝިޔާގައި ބޭއްވުނު އިންތިހާބުގެ ނަތީޖާ އިއްޔެ އިއުލާނު ކޮށްފައިވާއިރު، އެ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރާނެކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަން ފަށައިފިއެވެ.

އިދިކޮޅު ކެންޑިޑޭޓް ޕްރަބޮވޯ ސުބިއަންޓޯގެ ސަޕޯޓަރުން އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ މަގުތަކަށް ނިކުމެވަނީ އިމާރާތްތަކާއި ވެހިކަލް ތަކުގައި ހުޅުޖަހަން މަސައްކަތް ކޮށްފައެވެ. އަދި ގާފަދަ އެއްޗެހި ބޭނުން ކޮށްގެން ފުލުހުންނަށް ހަމަލާ ދީފައި ވެއެވެ.

މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ޒަބަބުން މުޒާހަރާގެ ބައެއް ބައިވެރިންވަނީ ފަރުވާ ދިނުމަށް ކައިރި ހޮސްޕިޓަލް ތަކަށް ގެންގޮސްފައެވެ.

އިންޑޮނޭޝިއާގެ ރައީސް ކަމަށް ޖޯކޯ ވިޑޯޑޯ ދެވަނަ ފަހަރަށް އިންތިހާބުވެފައި ވާއިރު އިދިކޮޅު ކެންޑިޑޭޓް ޕްރަބޮވޯ ތުހުމަތު ކުރަނީ އިންތިހާބު އޮޅުވާލައިފައި ވާކަމަށެވެ. ޕްރަބޮވޯ ގެ ކެމްޕެއިން ޓީމުން ބުނީ، ނާއިންސާފާއި އޮޅުވާލުމާއި ޑިމޮކްރަސީއާ ދެކޮޅު އަމަލުތަކުގެ ކުރިމަތީގައި ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.

ދެހާސްސާދަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ޕްރަބޮވޯ، ވިޑޯޑޯއާ ވާދަ ކުރެއްވި އެވެ. އަދި އިންތިހާބުން ނާކާމިޔާބުވުމުން ކޯޓަށް ވަޑައިގަތް ނަމަވެސް، ކޯޓުން ނިންމީ ނަތީޖާ ސައްހަ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ