ގައިދީންގެ ވިސްނުމާ ފިކުރު ބަދަލުކުރުމަށް ފޮތްތެރި ބަޔަކަށް ހަދަންޖެހޭ - އިމްރާނަ

ގައިދީންގެ ވިސްނުމާ ފިކުރު ބަދަލުކުރުމަށް އެމީހުން ފޮތްތެރި ބަޔަކަށް ހަދަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން އަބްދުﷲ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އިމްރާން އިތުރަށް ވިދާޅުވީ، ޖަލުގެ ލައިބްރަރީގެ ހިދުމަތް ވަރަށް ބޮޑަށް ތަރައްގީކުރަން ޖެހޭ ކަމަށާއި މިކަމަށްޓަކައި މުޖުތަމައުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. މިގޮތުން އިމްރާންވަނީ ޖަލުގެ ލައިބްރަރީ އަށް ފޮތް ހަދިޔާ ކުރުމަށް އާންމުންގެ ކިބައިން އެދިވަޑައި ގެންފައެވެ.

އިމްރާން މިމޭރުމުން ވާހަކަ ދައްކައިފައި މިވަނީ، ޖަލުތަކަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމް އެއް ފައްޓަވައިފައި ވަނިކޮށެވެ. މި ޕްރޮގްރާމް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ.

މި ޕްރޮގްރާމުގެ ދަށުން ހުކުރު ދުވަސް ނޫން އެހެން ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު 3:00 އާ ހަމައަށް އަދި ރޭގަނޑު 9:00 އިން 11:00 އާ ހަމައަށް ފޮތް ހަދިޔާ ކުރެވޭނެ އެވެ. ނަމަވެސް ހުކުރު ދުވަހު ފޮތް ހަދިޔާ ކުރަން ކަނޑައަޅާފައި ވަނީ ރޭގަނޑު 9:00 އިން 11:00 އާ ހަމައަށް އެކަންޏެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް