ކޮރަޕްޝަނަށް މި ސަރުކާރު އޮންނާނީ ޒީރޯ ޓޯލެރެންސްގައި – ރައީސް

ސަރުކާރުން ކޮރަޕްޝަނަށް ދެއްވާނީ ޒީރޯ ޓޯލެރެންސް ކަމަށް ރައީސުލްޖުޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން، 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ޞޯލިޙް ވިދާޅުވީ، ދައުލަތުގެ ޤާނޫނީ އޮނިގަނޑު އިސްލާހް ކުރުމުގެ މަސައްކަތުގެ ދަށުން މިވަގުތައް އެންމެ މުހިންމު ޤާނޫނުތަކުގެ ދެލިކޮޕީ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

"ކޮރަޕްޝަނާއި، ވައްކަމާއި، ފަސާދައަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދޭނަން. މި ސަރުކާރުގައި ކޮރަޕްޝަނަށް އޮންނާނީ ޒީރޯ ޓޮލެރެންސްކަން އިއްޒަތްތެރި މަޖިލީހަށް އަޅުގަނޑު ޔަޤީންކަން އަރުވަން." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސް ޞޯލިޙް ވިދާޅުވީ، ނުހައްޤު މުއްސަނދިކަން ހޯދާ ލިބިގަތުމާއި، ކޮރަޕްޝަން ހުއްޓުވުމުގެ ގޮތުން ޤާނޫނުން އުޤޫބާތަށް އެ ކުށް އިސްލާޙް ކުރުމުގެ ބިލު މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

"ސަރުކާރުން މި ބިލް އެކުލަވާލާފައިވާނީ ދައުލަތުގެ އިސް މަޤާމްތަކުގައި ތިބޭ ބޭފުޅުން ކުށްކުރާ ހާލަތުގައި ލިބޭ އަދަބުގެ ދަރަޖަ މަތި ކުރެވޭގޮތަށް." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ސަރުކާރުން ކޮރަޕްޝަނަށް ދެއްވާނީ ޒީރޯ ޓޯލެރެންސް ކަމަށް ރައީސް ވިދާޅުވިއިރު، ކޮރަޕްޝަން ހުއްޓުވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.

ސަރުކާރުގެ ތެރެއިން ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ރައީސް ޞޯލިޙް ގިނަ މަސައްކަތްތަކެއް ވަނީ ފައްޓަވާފައެވެ. އެގޮތުން ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް ރައީސް އޮފީހަށް ހުށަހެޅޭ ގޮތަށް ހައްދަވާނެ ކަމަށްވެސް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް