ފެށުން "ބަދިގެތެރޭން" މިފަހަރު މި ގެނެސްދެނީ ގެރިކިރު ބޯކިބާ ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާތަކެތި:
- 1 ދަޅު ގެރިކުރި
- 4 ކުކުޅުބިސް
- 1 މސ ބޭކިން ޕައުޑަރ
- 2 މސ ބަޓަރު
- 4 މސ ގޮދަން ފުއް
- 1 މސ ވެނީލާ އެސެންސް
ތައްޔާރުކުރާނެގޮތް:
ކުކުޅުބިސް، ގެރިކިރު، ބަޓަރު، އަދި ވެނީލާ އެސެންސް މިކްސަރަށް އަޅާފައި ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ފުށާއި ބޭކިން ޕައުޑަރ އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ޓްރޭގައި ބަޓަރު ހޭކުމަށްފަހު، އޭގެތެރެއަށް އަޅާލާށެވެ. ދެން 350 ޑިގްރީއަށް އަވަން ހޫނުކޮށްލާފައި 35 މިނިޓް ވަންދެން ފިހެލާށެވެ.