ކީ ސްޓޭޖް 3 ގެ ޓެސްޓް ޕޭޕަރަށް މާރކްސް ދިނުމުގެ އުސޫލު ބަދަލުކޮށްފި

ކީ ސްޓޭޖް ތިނެއްގައި ހިމެނޭ ގްރޭޑު 7 އަދި 8 ގެ ޓެސްޓް ޕޭޕަރަށް މާރކްސް ދިނުމުގެ އުސޫލު ބަދަލުކޮށްފި އެވެ.

މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ މި އަހަރުގެ ފުރަތަމަ ޓާމާއި ދެ ވަނަ ޓާމުގައި ޓެސްޓް ޕޭޕަރުގެ ޖުމްލަ މާކްސްގެ ގޮތުގައި ދޭނީ 60 ކަމަށެވެ.

މީގެ ކުރިން ޕޭޕަރުތަކަށް ދެމުން އައީ 40 މާކްސް އެވެ. ނަމަވެސް ބަޔެއް ސުކޫލްތަކުން މި ޓާމުގެ ޕޭޕަރު ހަދާފައިވަނީ 60 މާކްސް ދޭގޮތަށެވެ. ބާކީ ބައި ހިމަނާނީ ސްކޫލުގައި ދޭ އެސެސްމަންޓުތަކުންނެވެ. ގައުމީ އާ މަންހަޖާއެކު ހަމައެކަނި ޓެސްޓު ދެނީ ގުރޭޑް 7 ކުން މަތީގެ ގުރޭޑް ތަކަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވަނީ، ޕޭޕަރަށް މާކްސް ދިނުމުގެ އުސޫލު ބަދަލުކުރީ އޯލެވެލް އިމްތިހާނަށް ދަރިވަރުން ތައްޔާރުކޮށްދިނުމަށް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ