އަލަނާސި ކޭކް

ފެށުން "ބަދިގެތެރޭން" މިފަހަރު މި ގެނެސްދެނީ އަލަނާސި ކޭކު ތައްޔާރުކުރާނެގޮތެވެ.

ބޭނުންވާތަކެތި:

  • 250ގ ގޮދަން ފުއް
  • 50ގ ހަކުރު (މުގުރާފައި)
  • 200ގ ބަޓަރު
  • 3 ބިސް
  • 1 އަލަނާސި ދަޅު
  • 1 ޖޯޑު ގެރިކިރު
  • 1 ސސ. ބޭކިންގ ޕައުޑަރ
  • 1 ސސ. ވެނީލާ އެސެންސް
  • ޗެރީ

ތައްޔާރުކުރާނެގޮތް:

ފުރަތަމަ ކޭކް ފުއްގަނޑު ތައްޔާރުކުރުމަށް ފުށާއި ބޭކިންގ ޕައުޑަރ އެއްކޮށް ފުރާނާލާށެވެ. ދެން ހަކުރާއި، ބަޓަރު އެއްކޮށް ރަނގަޅަށް އޮމާން ވަންދެން ގިރާލުމަށްފަހު ބިހާއި ފުށް އަދި ގެރިކިރު އޭގެތެރެއަށް އެއްކޮށްގެން ރަނގަޅަށް އެއްވަންދެން ގިރާލާށެވެ. އެއަށްފަހު އޭގެތެރެއަށް ވެނީލާ އެސެންސް އަދި އަލަނާސި ދަޅުގެ ފެންގަނޑުގެ 2/1 އޭގެތެރެއަށް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ކޭކްފިހާ ޓްރޭގައި 4 މޭޒުމަތީ ސަމުސާ ހަކުރު އަޅާލުމަށްފަހު އުދުން މައްޗަށް އުދާފައި ކުޑަކޮށް ރަތްވުމުން ބާލާށެވެ. ދެން ޓްރޭގައި އަލަނާސި ފޮތިތައް އަތުރާލުމައްފަހު ކޮންމެ އަލަނާސި ފޮއްޗެއްގެ ތެރެއަށް ޗެރީ ފަޅިއެއް ލާފައި ކޭކް ފުށްގަނޑު އޮއްސާލުމަށްފަހު އަވަނުގައި ފިހެލާށެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ