މަހަށް ނުކުމެ އުޅުނު މީހަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

ގއ. ވިލިގިނލިން މަހަށް ނުކުމެ އުޅުނު ދޯންޏަކުން މީހަކު ފިޓް ޖެހިގެން ނިޔާވެއްޖެ އެވެ.

ނިޔާވެފައި ވަނީ ބިދޭސީއެެއް ކަމަށް މައުލޫމާތު ލިބެއެވެ.

ގއ. އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު ފުއާދު އާއި ހަވާލާދީ "ސަން" އޮންލައިންގައި ބުނެފައިވަނީ، ސްޓްރޯކެއް ޖެހިގެން މޫދަށް ވެއްޓިފައި އޮއްވާ އޭނާ ނެގިއިރުވެސް މަރުވެފައި އޮތް ކަމަށެވެ.

އެމްއެންޑީއެފްގެ އޮފިޝަލަކާއި ހަވާލާދީ "ވަގުތު" ނޫހުގައި ބުނެފައިވަނީ، މަހަށް ނުކުމެ އުޅުނު އެރަށު ދޯންޏެއްގައި މަސައްކަތް ކުރާ ބިދޭސީއަކު ފިޓް ޖެހިގެން އުޅޭކަމުގެ މައުލޫމާތު ސިފައިންނަށް ރިޕޯޓް ކުރި ކަމަށެވެ.

"ދޯނިން ގުޅި މީހަކު ފިޓް ޖެހިގެން އުޅޭ ވާހަކަ ބުނަން ވެގެން، އެކަމަކު ފަހުން ގުޅާފައި ބުނި އެ މީހުންނަށް އެމްއެންޑީއެފްގެ ލޯންޗް އައުމުގެ ކުރީގައި ވިލިނގިޔަށް ވަދެވޭނެ ކަމަށް". އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެރަށު ހޮސްޕިޓަލުން ބައެއް މީޑިއާތަަށް މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވެފައި ވަނީ، އެމީހާ އަށް ފިޓު ޖެހިގެން މެންދުރު އެ ހޮސްޕިޓަލަށް ރިޕޯޓު ކުރި ކަމަށާއި،އެ މީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް ނިޔާވެފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ