ނ. މާޅެންދޫ އާއި ދިމާ ބޭރުން ބޭރުގެ މަސްބޯޓެއް ފެނިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނ. މާޅެންދޫ އާއި ދިމާ ބޭރުން ބޭރުގެ މަސްބޯޓެއް ފެނިގެން އެމްއެންޑީއެފް ނޮދާރން އޭރިއާ ކޯސްޓުގާޑު ސްކޮޑަރުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
މިކަމާއި ބެހޭ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު ހެނދުނު 11:35 އެހާއިރު ކަމަށްވެސް އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލް ވަނީ މައުލޫމާތު ދެއްވާފައެވެ.
އެމްއެންޑީއެފް އަށް މިކަމާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދީފައިވަނީ އެސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު "ނާޒް" ނަމަކަށް ކިޔާ މަސް ދޯންޏެއްގެ މަސްވެރިންކަމަށްވެސް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
N. Maalhendhoo beyrun, beyruge mas boateh fenigen report libumaa gulhigen MNDF Northern Area Coast Guard Squadron in harakaaiytherivaan fashaifi. Report libifai vanee miadhu 11:31 gai.
— Maldives National Defence Force (@MNDF_Official) August 22, 2020
މިހާތަނަށް މި ބޯޓަކީ ކޮން ގައުމެއްގެ މަސް ބޯޓެއް ކަމެއް ހާމަކޮށްފައި ނުވެއެވެ.
އެމްއެންޑީއެފް ކޯސްޓުގާޑުން ވަނީ މަސްވެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް މަސްވެރިންނަށް ޝުކުރު ދަންނަވާފައެވެ.