އުމުރުން 116 އަހަރުގައި މަރުވި ފުރެޑީ ބުލޮމް

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ އުމުރުން 116 އަހަރުގައި މަރުވެއްޖެ

ދުނިޔޭގައި މިވަގުތު ހުރި އެންމެ ދުވަސްވީ މީހާކަމަށް ބެލެވޭ ދެކުނު އެފްރިކާގެ ފުރެޑީ ބުލޮމް އުމުރުން 116 އަހަރުގައި މަރުވެއްޖެއެވެ.

ބުލޮމްގެ އާއިލާއާއި ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވަނީ ބުލޮމް މަރުވެފައިވަނީ ގުދުރަތީ މަރަކުން ދެކުނު އެފްރިކާގެ ކޭޕްޓައުންގައި މިއަދުއެވެ.

ބުލޮމްގެ އުފަންދުވަހުގެ ލިޔުންތަކުން ދައްކާގޮތުން ބުލޮމް އުފަންވެފައިވަނީ އިރުމަތީ ކޭޕް ޕުރޮވިންސަށް1904 ވަނަ އަހަރުއެވެ. ނަމަވެސް މިކަން ގިނެސް ވޯލްޑް ރެކޯޑްސް ފޮތުން ޔަގީންކޮށްދީފައެއް ނުވެއެވެ.

ބުލޮމްގެ ޒުވާން އުމުރުގައި މުޅި ދުނިޔޭގައި ފެތުރުން ސުޕެނިޝް ފުލޫ ޖެހިގެން ބުލޮމްގެ މުޅި އާއިލާވަނީ މަރުވެގޮސްފައެވެ. ނަމަވެސް ބުލޮމްވަނީ ސުޕެނިޝް ފުލޫގެ އިތުރުން ދުނިޔޭގައި ކުރެވުނު ފުރަތަމަ އަދި ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރުންވެސް ސަލާމަތް ވެފައެވެ.

ބީބީސީ އަށް ދިން ހާއްސަ ބަސްތީގަތުމެއްގައި 2018 ވަނަ އަހަރު ބުލޮމް ބުނެފައިވަނީ އޭނާ މިހާ ގިނަ ދުވަހު ދުނިޔޭގައި ދިރިހުރުމުގެ ވަކިހާއްސަ ސިއްރެއް ނެއްކަމަށެވެ.

ފުރެޑީ ބުލޮމްގެ އުފަންދުވަހުގެ ޑޮކިއުމެންޓް ބުނާގޮތުން ބުލޮމް އުފަންވެފައިވަނީ 8 މެއި 1904 ގައި

"އެންމެ ކަމެއްވަނީ، އެއީ އަހަރެން ހެއްދެވި ފަރާތް، އެފަރާތައް އެންމެހާ ބާރެއް މިލްކުވެގެންވަނީ، އަހަރެންގެ ގައިގައި އެއްވެސް ބާރެއް ނުވޭ އެފަރާތުން އަހަރެން ގެންދަވަންވީމާ ހަމަ ކޮންމެ ވަގުތަކުވެސް ގެންދަވާފާނެ" ބުލޮމް ބުނެފައި ވެއެވެ.

ބުލޮމް އޭނަގެ ހަޔާތުގެ ބޮޑުބައި ހޭދަކޮށްފައިވަނީ ލޭބަރެއްގެ ގޮތުގައެވެ. ބުލޮމް އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ ދަނޑުވެރިކަމުގައެވެ. ނަމަވެސް ފަހުން މަސައްކަތް ކޮށްފައިވަނީ އިމާރާތްކުރުމުގެ ދާއިރާގައެވެ. މަސައްކަތުގެ މައިދާނުން ބުލޮމް ރިޓަޔަރ ކޮށްފައިވަނީ އުމުރުން 80ގެ އަހަރުތަކުގެ ތެރޭގައެވެ.

އަހަރުތަކެއް ކުރިން ރާބުއިން ބުލޮމް ހުއްޓާފައި ވީނަމަވެސް އެންމެ ފަހު ދުވަހާ ޖެހެންދެންވެސް ބުލޮމްއަކީ ދުންފަތުގެ އިސްތިއުމާލް ކުރަމުން އައި މީހެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ