އެޕްރީލް މަހުން ފެށިގެން މާލެއާ އެއް އަގެއްގައި ކާޑުގެ ބާވަތްތައް ލިބޭނެ – ރައީސް

އެޕްރީލް މަހުން ފެށިގެން މާލެއާ އެއް އަގެއްގައި ކާޑުގެ ބާވަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން، 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ޞޯލިޙް ވިދާޅުވީ، ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކުގައި ހަމަހަމަ އުޞޫލު ޤާއިމު ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އުޞޫލު ކަމަށެވެ.

"ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކުގައި ހަމަހަމަ އުޞޫލު ޤާއިމު ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް އުޞޫލު. އެގޮތުން މާލެއެކޭ އެއް އަގެއްގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އޭޕްރީލް މަހުން ފެށިގެން ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮވެގެން ދާނެ. އޭރުން މާލެއާ އެއް އަގެއްގައު ހުރިހާ ރަށަކުންވެސް ކާޑުގެ ބާވަތްތައް ގަންނަން ލިބޭނެ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ކާޑުގެ ބާވަތްތަކުގެ އަގު ހަމަހަމަ ކުރައްވާނެކަމަށް ރައީސް ޞޯލިޙް ވިދާޅުވިއިރު، ވައިގެ ދަތުރުފަތުރުގެ އަގު ތިރިކުރުމުގެ ގޮތުން މޯލްޑިވިއަނުން ވަނީ ޓިކެޓްގެ އަގުތައް 25 އިންސައްތަ އާއި 30 އިންސައްތަ އާއި ދެމެދުގެ މިންވަރެއް ހެޔޮ ކޮށްފައެވެ.

މި ސަރުކާރުން ކާޑުގެ އަގު ހަމަހަމަކުރަން އަމާޒު ހިފިއިރު، ކަރަންޓާއި ފެނުގެ އަގު މާލެއާއި އެހެން ރަށްތަކާ ހަމަހަމަކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ