1886 އާއި 1894 ގެ އަހަރުތަކުގައި ހަދާފައިވާ ލަންޑަންގެ ބްރިޖް ތާށިވެއްޖެއެވެ.
ލަންޑަންގެ ޓަވާ ބްރިޖް ހަދާފައިވަނީ ކޯރެއްގެ މަތީގައި ކަމަށްވުމާއި އެކު ބްރިޖް ހަދާފައިވަނީ ކޯރުން ދަތުރުކުރާ ބޯޓުތައް ދަތުރު ކުރުމަށް ބްރިޖްގެ ދެ ފަޅި މައްޗަށް ނެގޭ ގޮތަށެވެ.
ހޮނިހިރު ދުވަހު ލަންޑަން ޓަވާ ބްރިޖް އަށް ދިމާވި ޓެކްނިކަލް މައްސަލަ ތަކަކާއި ގުޅިގެން، ބްރިޖް މައްޗަށް ނެގުމަށްފަހު ތިރިކުރަން އުޅުމުގައި ވަނީ ތިރި ކުރެވޭ ގޮތް ނުވެފައެވެ.
ބްރިޖް ބަންދުކުރަން ޖެހުމާއި އެކު ސަރަހައްދުގައި ހެނދުނާއި މެނދުރުފަހު ޓްރެފިކް ވަނީ ބާރު ބޮޑުވެފައެވެ.
"މިއަދު މެންދުރުފަހު ބްރިޖް އަށް ވަނީ ތެކްނިކަލް މައްސަލަ ތަކެއް ދިމާވެފައި. އަދި ބްރިޖް ގިނަ އިރު ވަންދެން މަތީގައި ވަނީ ތާށިވެފައި" ޓަވާ ބްރިޖް ޓްވިޓާ ގައި ބުނެފައި ވެއެވެ.
ލަންޑަންގެ ޓަވާ ބްރިޖް މައްޗަށް ނަގަނީ އަހަރަކު ގާތްގަނޑަކަށް 800 ފަހަރުއެވެ. ހޮނިހިރު ދުވަހު ބްރިޖް މައްޗަށް ނަގާފައިވަނީ ތާރީހީ ކަމެއް ފާހަގަ ކުރުމަށެވެ.
ޓަވާ ބްރިޖް ތާށިވި ނަމަވެސް ބްރިޖް އިން ހިނގާ ފަރާތްތަކަށް ވަނީ ގަޑިއިރެއް ތެރޭގައި ހުޅުވާލައިފައެވެ. ނަމަވެސް ދުއްވާ އުޅަނދުތަކަށް ހުޅުވާލައިފައި ވަނީ އެތައް ގަޑިއިރެއް ފަހުންނެވެ.



