ކެރީބިއަންގެ ރައްތަކަށް އެރި ދެ ތޫފާނާއި ގުޅިގެން 12 މީހުން މަރުވެއްޖެ

ކެރީބިއަންގެ ރައްތަކަށް މާރކޯ އަދި ލައުރާ ތޫފާން އެރުމާއި ގުޅިގެން 12 މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި ދެ ތޫފާނުގައި ޖެހުނު ގަދަ ވަޔާއި އަދި ކަނޑުގަދަވުމުގެ ސަބަބުން ހިނގި ތަފާތު ހާދިސާތަކުގެ ސަބަބުން ހެއިޓީ އާއި އަދި ޑޮމެނިކަން ރިޕަބްލިކް އިންވަނީ ނުވަ މީހުން މަރުވެފައެވެ. ހެއިޓީއިން ނުވަ މީހުން މަރުވިއިރު ޑޮމެނިކަން ރިޕަބްލިކް އިންވަނީ ތިން މީހުން މަރުވެފައެވެ.

މާރކޯ އަދި ލައުރާ ތޫފާނުގެ ސަބަބުން ކިއުބާއާއި އަދި ޕުއަރޓަރީކޯ އަށްވެސް އަންނަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. މި ދެ ތޫފާން އެމެރިކާގެ ލޫސިއާނާއި އަދި ޓެކްސަސް އަށް މިހަފްތާގައި އަރާނެ ކަމަށް މޫސުމާބެހޭ އިދާރާތަކުން ލަފާކުރެއެވެ.

މީގެއިތުރުން ތޫފާން ލައުރާ އިތުރަށް ބާރުގަދަވާނެ ކަމަށްވެސް މޫސުމާބެހޭ އިދާރާތަކުން އަންނަނީ ލަފާކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ