މިހާތަނަށް ކޮވިޑް ކޭސްއެއް ނުފެއްނަ ގައުމުތައް

ޑިސެމްބަރު 2019 ވަނަ އަހަރު ކޮވިޑް-19ގެ ކޭހެއް އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީންނެވެ. ނަމަވެސް މަދު ހަފްތާތަކެއްގެ ތެރޭގައި މިބަލިވަނީ ދުނިޔޭގެ އެހެނިހެން ގައުމުތަކަށް ފެތުރެން ފަށައިފައެވެ.

ނޭވާލުމުގެ ނިޒާމަށް ޖެހޭ މި ބައްޔަކީ މިވަގުތު މުޅި ދުނިޔެއަށް ދިމާވެފައިވާ ބޮޑު ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ ޑަބުލިޔުއެޗްއޯ އިން ކަނޑައަޅައިފައި ވީނަމަވެސް މިބަލީގެ އެންމެ ކޭހެއް ނުފެއްނަ ގައުމުތައް ދުނިޔޭގައި އަދިވެސް އެބަހުއްޓެވެ.

ސައިންޓިސްޓުންނާ، ސިއްހީ މާހިރުންނާ، އަދި ސަރުކާރުތަކުން މިބަލި ކޮންޓުރޯލް ކުރުމަށް އެގައުމުތަކުގެ ރައްޔިތުންގެ ކިބައިން އެދެމުންދަނީ އިޖުތިމާއީ ގައިދުރުކަން ބަހައްޓައި ކޮންމެހެން ބޭރަށް ނިކުއްނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރައް ނުނިކުތުމަށެވެ.

މިހާތަނަށް 188 ގައުމުން ކޮވިޑް-19 ފެނިފައިވާއިރު މިބަލި ނުފެއްނަ ކަމަށް ރިކޯޑް ކުރެވިފައިވާ ގައުމުތަކުގެ އަދަދަކީ 12 އެވެ. މި 12 ގައުމަކީ:

1- ކިރިބަތީ
2- މާރޝާލް އައިލެންޑްސް
3- މައިކްރޯނޭޝިއާ
4- ނައުރޫ
5- އުތުރު ކޮރެއާ
6- ޕަލާއު
7- ސަމާއޯ
8- ސޮލޮމޮން އައިލެންޑްސް
9- ޓޮންގާ
10- ތުރުކަމަނިސްތާން
11- ތުވާލޫ
12- ވަނުއަޓޫ

ޖޯން ހޮޕްކިންސް ޔުނިވާރސިޓީއިން ބަލަހައްޓަމުން އަންނަ ކޮވިޑް-19ގެ ތަފާސްހިސާބުތައް ބުނާގޮތުން މުޅި ދުނިޔެއިން މިހާތަނަށް23.4 މިލިއަނަށްވުރެ ގިނަ މީހުންނަށް މިބަލިވަނީ ޖެހިފައެވެ. އަދި މިބަލީގައި މުޅި ދުނިޔެއިން މިހާތަނަށް 809,000 ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ