ފާއިތުވި 24 ގަޑިއިރު ތެރޭގައި ރަޝިއާއިން އަލަށް 4,696 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރަޝިއާއިން 4,696 މީހުން އަލަށް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ރަޝިއާއިން ރެކޯޑު އަދަދަކަށް ބައްޔަށް މީހުން ޕޮޒިޓިވްވެފައިވާއިރު، އެ ގައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ، 966,189 އަށް އަރާފައެވެ.

އެ ގައުމުން މި ބަލީގައި އަލަށް 120 މީހުން މަރުވެފައިވާއިރު، ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 16,568އަށް އަރާފައެވެ.

ރަޝިއާއިން އެންމެ ގިނަ ބަޔަކު މިހާތަނަށް ޕޮޒިޓިވްވެފައިވަނީ، އެ ގައުމުގެ މޮސްކޯ ސިޓީ އިންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި އަލަށް ޕޮޒިޓިވްވި މީހުންގެ ތެެރެއިން 681 މީހުންނަކީ އެ ސިޓީން ޕޮޒިޓިވްވި މީހުންނެވެ.

ރަޝިއާއިން މި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 779,747 މީހަކު ވަނީ މިހާތަނަށް ބަލިން ރަނގަޅުވެފައެވެ.

ރަޝިއާއިން ވަނީ ނުރައްކާތެރި ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިން ކަމަށްވާ “ސްޕްޓްނިކް ވީ” ވެކްސިން އުފައްދާފައެވެ.

މި ވެކްސިން އުފައްދާފައި ވަނީ މޮސްކޯގެ ކުންފުންޏެއް ކަމަށްވާ “ގަމަލެޔާ އިންސްޓިއުޓް” އިންނެވެ. މި ވެކްޝިން އަކީ ކޮވިޑް-19 އާއި ދެކޮޅަށް ދުނިޔޭގައި ފުރަތަމަ ބޭނުން ކުރަ ފެށި ވެކްޝިން އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ