166 މިލިއަން އަހަރުވީ ޑައިނަސޯއެއްގެ ފޮސިލް ފެނިއްޖެ

166 މިލިއަން އަހަރުވީ ޑައިނަސޯއެއްގެ ފޮސިލް ސުކޮޓްލެންޑުން ފެނިއްޖެއެވެ.

މި ފޮސިލް ފެނިފައިވަނީ ސުކޮޓްލެންޑުގެ ރަށެއްކަމަށްވާ އޭގް ގެ ގޮނޑުދަށުގެ ސަރަހައްދަކުން ޑރ. އިލްސާ ޕެންސިއޮލީއަށެވެ.

ޑރ. ޕެންސިއޮލީއަށް މި ފޮސިލް ފެނިފައިވަނީ އޭނާގެ ރިސާޗް ޓީމާއެކު ދިރާސާ ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވުމަށްފަހު މަސައްކަތް ނިންމާލާ އެ ޓީމާއި ބައްދަލު ކުރުމަށް އޭގްގެ ގޮނޑުދަށުން އޭނާ ދުވެފައި ދަނިކޮށް ކަމަށް ޑރ. ޕެންސިއޮލީ ބުނެފައި ވެއެވެ.

"އެއީ އެދުވަހުގެ ހަވީރުގެ ވަގުތު، އަހަރެން ދުވެފައި ދިއައީ އަހަރެންގެ ރިސާޗްޓީމުގެ މީހުންނާ އަރާހަމަކުރުމަށް، އެހެން ދުވެފައި ދިޔަވަގުތު އަހަރެންނަށް އެ ފޮސިލް ފެނުނީ ހަމަ ފެނުމާއެކު އެއީ ޑައިނަސޯއެއްގެ ފޮސިލްކަން އަހަރެންނަށް އިނގުނު" ޑރ. ޕެންސިއޮލީ ވިދާޅުވިއެވެ.

ސުކޮޓްލެންޑުން ޑައިނަސޯގެ ފޮސިލް މީގެކުރިން ހަމައެކަނި ފެނިފައިވަނީ، ސުކައިގެ ރަށަކުންނެވެ. މިފަހަރު އޭގް ގެ ގޮނޑުދަށުން ފެނިފައިވަނީ ޑައިނަސޯއެއްގެ ފައިގެ ފޮސިލް އެވެ.

ސައިންޓިސްޓުން އޭގް އިން ޑައިނަސޯގެ ފޮސިލް ހޯދުމަށް ރިސާޗް ހަދަމުން އަންނަތާ މިހާރު ދެގަރުނު ވެފައިވާކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.

މައުލޫމާތު ލިބޭގޮތުގައި ޑރ. ޕެންސިއޮލީއަށް ފެނުނު ފޮސިލްއަކީ ސްޓެގޭސޯރިއަން ޑައިނަސޯގެ ފޮސިލް އެކެވެ. އަދި މި ފެނުނު ފޮސިލްގެ ދިގުމިނުގައި 50 ސެންޓުމީޓަރު ހުރިކަމަށް ވެއެވެ. މިހާރު މި ފޮސިލްވަނީ އެޑިންބާގުގެ މިއުޒިއަމްއެއްގައި ބާއްވައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ