އަނުޝްކާ ޝަރްމާ އިނީ އަލަތު ދަރިފުޅަށް ބަލިވެ!

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރުމާއާއި އޭނަގެ ފިރިމީހާ ވިރާތް ކޯލީއަށް އަލަތު ދަރިފުޅު ލިބެން އެބައުޅޭ ކަމަށް އިއުލާންކޮށްފިއެވެ.

މި ދެމަފިރިންނަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާންކުރީ، އަނުޝްކާއާއި ވިރާތް އެކުގައި ނަގާފައިވާ ފޮޓޯއެއް، އަނުޝްކާގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ހިއްސާކުރަމުންނެވެ.

މި ފޮޓޯގައި ދެމީހުންވެސް ހިނުތުންވެލައިގެން ހުރިއިރު، ފޮޓޯގައި އަނުޝްކާ ފެންނަނީވެސް ބަނޑުބޮޑުކޮށެވެ. އަދި އަންނަ އަހަރު ޖެނުވަރީ މަހު އަލަތު ދަރިފުޅު ވިހާނަކަންވެސް މި ފޮޓޯގެ ކެޕްޝަނުގައި ހާމަކޮށްފައިވެއެވެ.

ކައިވެނިކުރިތާ ދެ އަހަރުފަހުން އަނުޝްކާއާއި ވިރާތްގެ ކައިވެންޏަށް އަލަތު ދަރިއަކު ލިބެންއުޅޭ ޙަބަރު ދާދިދެންމެއަކު އިއުލާންކުރުމާއެކު، ފޭނުން އަންނަނީ މި ދެމަފިރިންނަށް މަރުޙަބާގެ ކިޔަމުންނެވެ.

އަނުޝްކާ، އިންޑިއާގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ވިރާތް، އާއި ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު 11ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ