ތިނަދޫއަށް ދަތުރުކުރާ ބޯޓެއްގެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ގދ.ތިނަދޫއަށް ދަތުރުކުރާ ބޯޓެއްގެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.

އެޗްޕީއޭއިން ވިދާޅުވީ، މާލެއާއި ތިނަދޫ އާއި ދެމެދު ދަތުރުކުރާ ބޯޓެއްގެ މީހެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ނެގި ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއާއެކު ތިނަދޫއަށް އަރައި ފޭބުން މަނާކޮށް ރަށް މިހާރުވަނީ މޮނިޓަރިންނަށް ގެނެސްފައެވެ.

ގދ. އަތޮޅަށް ކަނޑައަޅާފައި ހުންނަ ކޮވިޑް ފޯކަލް އޮފިޝަލާއި ހަވާލާދީ އޮންލައިން ނޫސް ސަންގައި ބުނެފައިވަނީ، ތިނަދޫ އާއި މާލެ އާއި ދެމެދު ދަތުރުކުރާ ބޯޓެއްގައި އުޅޭ އެމީހާ ބަލިވެގެން މިއަދު ޑޮކްޓަރަށް ދައްކަން ދިޔުމުން އޭނާގެ ޓްރެވަލް ހިސްޓްރީ އެއް އޮތްތޯ ސުވާލު ކުރި ކަމަށާއި ނަމަވެސް އޭނާ އާއެކު ގޮސްހުރި ބެލެނިވެރިޔާ، ޓްރެވަލް ހިސްޓްރީއެއް ނެތްކަމަށް ބުނުމުން ޖެނެރަލް އޯޕީޑީ އިން އޭނާ އަށް ކޮންސަލްޓޭޝަން ދިން ކަމަށެވެ.

ނަމަވެސް، ޑޮކްޓަރަށް ދެއްކި އިރު ސެނެހިޔާ އަށް ދައްކާފައި އޮތްކަމުގެ ސިޓީ އޮތުމުން ވަގުތުން ޑޮކްޓަރު ވަނީ ނަގަން ޖެހޭ އެކްޝަން ނަގާފައި ކަމަށާއި އަދި ކޮވިޑް-19 އަށް ޓެސްޓް ކުރި އިރު ޕޮޒިޓިވުވެފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް އަތޮޅުތެރޭ ރައްތަކުން އިއްޔެ ހަމީހުން ޕޮޒިޓިވުވެފައިވާއިރު މިއަދުގެ މިހާތަނަށް ދެރަށަކުންވަނީ ކޮވިޑް-19 އަށް މީހުން ޕޮޒިޓިވުވިކަން އެޗްޕީއޭ އިން ހާމަކޮށްފައެވެ. މި ދެރަށަކީ ގދ.ތިނަދޫއާއި ހދ. ކުޅުދުއްފުއްޓެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ