ހދ. ކުޅުދުއްފުއްޓާއި، ގދ.ތިނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
މިކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.
ކުޅުދުއްފުށިން ފަރުވާއަށް މާލެފޮނުވި ކުއްޖަކު ކޮވިޑް19 އަށް ޕޮސިޓިވް ވެފައިވާއިރު ގދ ތިނަދޫއަށް ދަތުރުކުރާ ބޯޓެއްގެ މީހަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮސިޓިވް ވެފައެވެ. އެހެން ކަމުން މިދެރަށް މޮނިޓަރިންގެ ހާލަތަށް ވަނީ ގެނެސްފައެވެ. މި ދެރަށް މޮނިޓަރިންގެ ހާލަތަށް ގެނެވުނީ ކޮވިޑް-19 އާއި ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވަނީ ވިދާޅުވެފައެވެ.
މޮނިޓަރިންގެ ހާލަތަށް ލާފައިިވުމުން މި ދެރަށުގައި މިވަގުތު ތިބި އެއްވެސް ފަރާތަކަށް އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި ހުއްދަނެތި އެއްވެސް މީހަކަށް ރަށަށް އެރުންވެސް މަނާ ވާނެއެވެ.



