ހުޅުމާލޭގައި ފިރިހެން ދެކުދިންނަށް ޖިންސީ ގޯނާކުރި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވަނީ ރޭ ދަންވަރު 1:00 ހާއިރު ފިރިހެނެކެވެ. މި ދެފިރެހެން ކުދިންގެ އުމުރަކީ ހަ އަހަރާއި އަށް އަހަރެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެން ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި މައްސަލައިގައި ހިމެނޭ ކުދިންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ހިނގައެވެ. މިގޮތުން މިދިޔަ ހަފްތާގައިވެސް ވަނީ މިފަދަ މައްސަލައެއްގައި 71 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައެވެ
އޭޕްރީލް މަހު ޖެންޑަރ މިނިސްޓްރީއަށް ޖިންސީ ހާނީއްކައިގެ 22 މައްސަލަ ހުށަހެޅުފައި ވާކަމަށް އެމިނިސްޓްރީގެ ތަފާތު ހިސާބުތަކުން ދައްކައެވެ.





ހިޔާލު
ފިރިހެނުން…. ފިރެހެނުން ތަ؟ އަފިރިން ކިޔަނީ ފިރިހެނުން