ރޯދަމަހަކީ ދިވެހިންނަށް އަބަދުވެސް ތަފާތު މަހެކެވެ. އަޅުކަމުގެ އިތުރު އާޢިލާއެކު ދިވެހިން ހޭދަކުރާކުރާ ވަގުތު އެހެން މަސްމަހާއި ޚިލާފަށް ރޯދަމަހު އިތުރުވެގެންދެއެވެ. ވަޒީފާތަކުގައި އުޅޭ އާޢިލާ މެމްބަރުންވެސް ޗުއްޓީ ގިނައިން ހަމަޖައްސަނީ ރޯދަމަހާ ދިމާކޮށެވެ.
ރަމަޟާންމަހުގައި އާޢިލާއާއި ރައްޓެހިންނާ ގުޅުންބަދަހިކުރުމަކީ ދިވެހިންގެ ކިބައިގައި އަށަގެންފައިއޮތް ރީތި އާދައެކެވެ. އެކުގައި ރޯދަވީއްލައި، ތަރާވީސް ކޮށްހަދައެވެ. ސައިކަލު ބުރުޖަހާ، ހިނގާލަން ގޮސް ހަދައެވެ.

އެގޮތުން "ފޭދޫގެ ޑިގު ޗެމްޕިއަންޝިޕް" މިއީ ދިވެހި އާޢިލާއެއް އާޢިލީ ގުޅުމާއި ރަޙުމަތެރިކަން އާލާކުރަމުން ކޮންމެ ރަމަޟާންމަހަކު ގޭގައި ބާއްވަމުން އަންނަ ފޯރި ގަދަ ޑިގު މުބާރާތެކެވެ. މިއަހަރުގެ މުބާރާތް "ފޭދޫގެ ޑިގު ޗެމްޕިއަންޝިޕް 2019" ގެ ނަމުގައި ބޭއްވިގެން ދިޔައިރު މިއީ މިމުބާރާތް ބޭއްވި 3 ވަނަ އަހަރުކަން މުބާރާތް އިންތިޒާމުކުރާ ފަރާތުން "ފެށުމަށް" މަޢުލޫމާތު ދެމުން ބުންޏެވެ.
އެއްދުވަހަށް ދިގުދެމިގެންދާ މިމުބާރާތުގެ މިފަހަރުގެ ސްޕޮންސާއަކީ "ޕްރޯ މޯޝަން" އެވެ. މުބާރާތުގައި ބައިވެރިވާ ޓީމު ތަކުގައި ހިމެނެނީ ރައްޓެހިންނާއި އާޢިލާ މެމްބަރުންކަމަށް މުބާރާތް އިންތިޒާމްކުރި ފަރާތުން މަޢުލޫމާތު ދެއްވިއެވެ.

ޖުމްލަ 6 ޓީމް ބައިވެރިވި މިމުބާރާތުގެ މިއަހަރުގެ ޗެމްޕިއަންއަކީ ގެމްބްލާސްއެވެ. އަދި ދެވަނައަށް ދިޔައީ ޓީމު ހަސްނިޔާއެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވި އިތުރު ޓީމްތަކަކީ ޓީމް ޖޯކާސް، ޓީމް އެސްތެޓިކް، ނައިޓް ވޯކާސް އަދި ޓީމް އެލްވީ އެވެ.
ތަފާތު އިނާމު ތަކާއެކު ކުރިއަށްދިޔަ މިފޯރިގަދަ މުބާރާތުގެ ޗެމްޕިއަން ޓީމަށްއޮތީ ހޮޓެލް ޖެން އިން ރޯދަވީއްލުމެކެވެ. އަދި ދެވަނައަށް ދިޔަ ޓީމުގެ ރޯދަވީއްލުން ހަމަޖެހިފައިއޮތީ މާގިރި ހޮޓެލްގައެވެ.

މީގެ އިތުރުން މުބާރާތުގައި އެންމެ ގިނައިން ޑިގު ގޮވި ކުޅުންތެރިޔާއަށް ޓްރޮފީއާއި ހަނދާނީ ލިޔުން ޙަވާލުކޮށްފައިވާއިރު އެންމެ ޑެކެރޭޓިވް ހެދުން އެޅި ޓީމަކަށްވެސްވަނީ ޓްރޮފީއާއި ހަނދާނީ ލިޔުން ޙަވާލުކޮށްފައެވެ. އެންމެ ޑެކެރޭޓިވް ހެދުން އެޅި ޓީމަކަށް ހޮވިފައިވަނީ ޓީމް އެލްވީ އެވެ.

ކޮންމެއަކަސް "ފޭދޫގެ ޑިގު ޗެމްޕިއަންޝިޕް" މީ ކޮންމެ އާޢިލާއަކަށްވެސް ފިޓް ތަފާތު، ސަޅި މުބާރާތެކެވެ.
ހިޔާލު
Kon atoll eh ge feydhoo eh thee?