މެސީ ބާސެލޯނާގައި މަޑުކުރަން ނިންމައިފި

ކެޕްޓަން ލިއޮނަލް މެސީ ބާސެލޯނާގައި މަޑުކުރާ ގޮތަށް ނިންމައިފިއެވެ.

މި ޓްރާންސްފާ ބާޒާރުގައި ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އެ ކުލަބުގެ ކެޕްޓަން ލިއޮނެލް މެސީ މީގެ ކުރިން ހާމަކުރި ނަމަވެސް، އެ ނިންމުން ބަދަލުކޮށް ކުރިއަށް އޮތް ސީޒަނުގައި އޭނާ ބާސެލޯނާގައި މަޑުކުރުމަށް ނިންމާ އެކަން އިއުލާން ކޮށްފައިވާއިރު، މެސީ ބުނީ އޭނާ ބާސެލޯނާ ދޫކޮށްލަން ނިންމީ، ކްލަބުގައި ހިތްހަމަ ނުޖެހޭތީކަމަށެވެ.

"ކުލަބާއި ދޭތެރޭ އަހަރެން ހިތްހަމަޔެއް ނުޖެހޭ. އަހަރެން ބޭނުން ކުލަބު ދޫކޮށްދާން. ނަމަވެސް އަހަންނަކަށް އެފުރުސަތެއް ނެއް. އަހަރެން ކުލަބުގައި މަޑުކުރާނަން. އަހަރެން ބޭނުމެއް ނޫން ކުލަބު ގޮވައިގެން ކޯޓަށް ދާކަށް." ގޯލް އަށް ދިން ބަސްތީގަތުމެއްގައި މެސީ ބުނެފައި ވެއެވެ.

މެސީ އިތުރަށް ބުނެފައިވަނީ، ކުލަބު ދޫކޮށް ދާން ބޭނުންވި ނަމަ ކޯޓަށް ގޮސްގެން އޭނާއަށް ކުލަބު ދޫކޮށްލުމުގެ ފުރުސަތު އޮތްކަމަށެވެ. އެހެން ނަމަވެސް އެންމެ ލޯބިވާ ކުލަބު ގޮވައިގެން ކޯޓަށް ދާން ބޭނުން ނުވާ ކަމަށާއި، ކުލަބު ދޫކޮށްދާނީ ރީތިގޮތުގައި ކަމަށެވެ.

މި ޓްރާންސްފާ ބާޒާރުގައި މެސީ ގެންދަން ބޭނުންވާ ކުލަބަކުން، އެއްބަސްވުން އުވާލަން 700 މިލިޔަން ޔޫރޯ ދައްކަން ޖެހެއެވެ. ބަޔެއް ކުލަބުތަކުން މިއަދަދު ދައްކައިގެން މެސީ ގެންދިއުމަށް މަޝްވަރާކުރި ނަމަވެސް މެސީގެ އެޖެންޓް ވަނީ ކުލަބާއެކު އެންމެފަހުން ބޭއްވި ވާހަކަތަކަށްފަހު މެސީ ކުލަބާއެކު ހަދައިފައިވާ އެއްބަސްވުން ނިމެންދެން މެސީ ކުލަބުގައި މަޑުކުރާނެކަން ހާމަކޮށްފައެވެ.

މެސީ ބާސެލޯނާ ދޫކޮށްލަން އުޅޭކަމުގެ އަޑުތައް ފެތުރިގެން ގޮސްފައިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާރ ފައިނަލުގައި ބާސެލޯނާގެ މައްޗަށް ބަޔާންއިން 8-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި މެޗައް ފަހުއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ