4 ދުވަސް ވަންދެން ގަހެއްގެ ދަށުވެފައި އޮތް މީހަކު ސަލާމަތް ކޮށްފި

ދެކުނު މިނެސޯޓާގައި މަސައްކަތް ކުރަން އުޅުނު މީހެއް ގަހެއްގެ ދަށުވެފައި 4 ދުވަހަށް ވުރެ ގިނަ ދުވަހު ފަހުން ސަލާމަތް ކޮށްފިއެވެ.

ރެޑްވުޑް ކަންޓްރީ ޝެރިފް ބުނެފައިވާ ގޮތުގައި އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އުމުރުން 59 އަހަރުގެ ޖޮނަތަން ސެޕްލިޗާ އުޅުނީ ރެޑްވުޑް ފޯލްސް ކައިރީ ގަސް ކަނޑަން ކަމަށާއި އަދި ގަސް ކަނޑަން އުޅުމުގެ ތެރޭގައި ގަހެއް ފައި މައްޗަށް ވެއްޓުނީ ކަމަށެވެ.

ޖޮނަތަން މަސައްކަތައް ނުދިއުމުން އޭނާ އުޅޭ ގެޔަށް ދިޔުމުން އޭނާގެ އެއްވެސް ހިލަމެއް ނުވުމުން އޭނާ ހޯދުމުގެ މަސައްކަތް އޭނާގެ ކުރީގެ އަންހެނުންނާއި ދަރީގެ އެހީއާއި އެކު ފެށީ ކަމަށް ޗީފް ޑެޕިއުޓީ މާކް ފަރަސީން ބުނެފައި ވެއެވެ.

ފަރަސީން އިތުރަށް ބުނެފައި ވަނީ ޖޮނަތަން އަކީ އިރާގުގެ މިލިޓަރީގައި މަސައްކަތް ކުރާ މީހެއް ކަމަށާއި އެހެންކަމުން އޭނާ ހަދާފައިވާ ޓްރެއިނިން ތަކުގެ ސަބަބުން ސަލާމަތް ވުމުގެ ފުރުސަތު ބޮޑުވި ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ގަމާރު

    މިލިޔުމުން އެނގުނުއެއްޗެއް ނެތް؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ