މަޙްލޫފް އާއި ރައީސް ޞޯލިޙް | ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ

ޓީޓީ އެސޯސިއޭޝަނުގެ އިންތިހާބު ހުއްޓުވުމުގެ އަމުރެއް ކޯޓުން ނުދިން

ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ އިންތިހާބު ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، އިންތިހާބު ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް އެކޯޓުން ނިންމައިފިއެވެ.

އިންތިހާބު ފަސްކުރަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީގައި މިހާރުވެސް ހިމެނިވަޑައިގަންނަވާ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަލީ އާދަމް މަނިކު(ތާޅަފިލި އަލިބެ)އެވެ. އަލިބެ ކޯޓަށް ހުށަހެޅީ ޓީޓީ އެސޯސިއޭޝަނުގެ ކުރިއަށް އޮތް އިންތިޚާބަކީ އިންސާފުވެރި ދެފުށް ފެންނަ އިންތިޚާބަކަށް ހައްދަވާދެއްވުން އެދި ޤާނޫނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ ކުޅިވަރާ ބެހޭ އެންމެހައި ފަރާތްތަކަށް ހުށަހެޅުމަށްފަހު، އެކަށީގެންވާ ގޮތެއްގައި އެކަން ކޮށްދެއްވުމަށް އެފަރާތްތަކުން އުޒުރުވެރިވެ، އެހުރިހާ ދޮރެއް ބަންދުވުމުން، އެ ފަރާތްތަކުން އިންސާފު ލިބޭނޭ ކަމަށް ޤަބޫލު ނުކުރެވޭތީ ކަމަށް ވިދާޅުވެއެވެ.

އަދި މިމައްސަލަ ކޯޓަށް ހުށަހެޅުމާއެކު ދިވެހިރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ވަނީ ދީފައެވެ.

އެގޮތަށް އިންތިހާބު ފަސްކުރަން ސިވިލް ކޯޓުން އަމުރު ނެރެ ނުދޭން ނިންމިކަން ހާމަކުރައްވަމުން ކުޅިވަރުގެ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވީ ކުޅިވަރުގެ މުސްތަގުބަލު އުޖާލާ ކަމަށާއި ކޯޓުން އަމުރު ނެރެނުދިނުމުން ޓީޓީގެ ދުނިޔޭގެ ޖަމިއްޔާގެ އަސާސީ ގަވާއިދާއި އޮލިކްޕިކް ޗާޓަރާއި އަދި އައިއޭއެސްއޯއެފްގެ ސްޓެޓޫސްތައް ނެގެހެއްޓިފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ