ބަދިގެތެރޭން - ކެރެޓް ކޭކް

ފެށުން "ބަދިގެތެރޭން" މިފަހަރު މި ގެނެސްދެނީ ކެރެޓް ކޭކް ތައްޔާރުކުރާނެގޮތެވެ.

ބޭނުންވާތަކެތި:

  • 550 ގްރާމް ހިމުން ހަކުރު
  • 12 ގްރާމް ލޮނު
  • 450 ގްރާމް ގޮދަން ފުށް
  • 10 ގްރާމް މުގުރި ފޮނިތޮށި
  • 7 ގްރާމް ބޭކިންގ ޕައުޑަރ
  • 2 ގްރާމް ބޭކިންގ ސޮޑާ
  • 7 ކުކުޅު ބިސް
  • 400 މިލިލީޓަރު ކުކިންގ އޮއިލް
  • 500 ގްރާމް ކެރެޓު ( ގާނާފައި)
  • 155 ގްރާމް ކަނަމަދު

ތައްޔާރުކުރާނެގޮތް:

ކެރެޓް ކޭކް ތައްޔާރު ކުރުމަށްޓަކައި ފުރަތަމަ ގޮނދަން ފުށާއި ބޭކިން ޕައުޑަރ، ބޭކިން ސޮޑާ އަދި މުގުރި ފޮނިތޮށިކޮޅު ފުރޭންޏަކުން ފުރާނާލާށެވެ. އެއަށްފަހު މިކްސްޗަރަކުން ކުކުޅު ބިސް ރަގަނޅަށް އޮލަވަންދެން މެދު މިނެއްގައި މިކްސް ކޮށްލުމަށްފަހު ބާރު ސްޕީޑުގައި ތިން ވަރަކަށް މިނެޓް މިކްސް ކޮށްލާށެވެ. އަދި އެއަށްފަހު ހަކުރު އަޅާފައި ތިން މިނެޓް ބާރަށް މިކްސް ކުރާށެވެ. އެއަށްފަހު ތަންކޮޅެއް ފުން ތަށްޓަކަށް އެޅުމަށް ފަހު ގޮދަންފުށް އެއްކޮށްލާނީއެެވެ. އަދި ގާނާފައި ހުރި ކެރެޓާއި ކަނަމަދުވެސް އެއްކޮށްލާނީއެވެ. ދެން ކޭކް ފިހުމަށް ތައްޔާރުކޮށްފައި ހުރި ޓްރޭގައި 170 ޑިގްރީން މަތީގައި ރަގަނޅަށް ކުލަ އަރަންދެން ފިހެލުމުން ކެރެޓް ކޭކް ހުންނާނީ ތައްޔާރުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ