ބަދިގެތެރޭން - ބަނާނާ ކްރީމް ޕައި

ފެށުން "ބަދިގެތެރޭން" މިފަހަރު މި ގެނެސްދެނީ ބަނާނާ ކްރީމް ޕައި ތައްޔާރުކުރާނެގޮތެވެ.

ބޭނުންވާތަކެތި:

  • 1 1/4 ޖޯޑު ގްރަހަމް ބިސްކޯދު (މުގުރާފައި)
  • 2 މޭޒުމަތީ ސަމުސާ ބަޓަރ
  • 2 ދޮންކެޔޮ (ކޮށާފައި)
  • 2 ޖެއްލޯ ވެނީލާ އިންސްޓަންޓް ޕުޑިންގް
  • 3 ޖޯޑު ކިރު (ފިނިކޮށްފައި)
  • 1 1/2 ޖޯޑު ވިޕިންގް ކްރީމް

ތައްޔާރުކުރާނެގޮތް:

ބަނާނާ ކްރީމް ޕައި ތައްޔާރުކުރުމަށްޓަކައި، ބިސްކޯދާއި ބަޓަރ އެއްކޮށްފައި ޓްރޭގެ ތިރީގައި ފަތުރާލާށެވެ. ދެން ކޮށާފައިހުރި ދޮންކެޔޮ ތަކުން އެއްބައި ބިސްކޯދުތައް މަތީގައި ފަތުރާލާށެވެ. އެއަށްފަހު 1 ޖޯޑު ވިޕިންގް ކްރީމް ވަކިން ގިރުވާފައި ދޮންކެޔޮތަކުގެ މައްޗަށް އަޅާށެވެ.

ޕްޑިންގް މިކްސްޗާ އަދި ކިރު ރީތިކޮށް އެކުވާންދެން ގިރުވާލާށެވެ. އަދި ވިޕިންގް ކްރީމް މަތީގައި ދޮންކެޔޮ ލެޔާއެއް ފެތުރުމަށްފަހު މި މިކްސްޗާ އަޅާށެވެ. އެއަށްފަހު ހެޔޮވަރު ވަރަކަށް ފިނިކޮށްލުމުން ބަނާނާ ކްރީމް ޕައި އެހުރީ ތައްޔާރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް